ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީކާއީލްގެ ވަރުގަދަ ރައްދެއް ނަޝީދަށް: މިއުޅެނީ ދައުލަތުގެ ބޯކިބާފޮތިން ބައެއް ހޯދާކަށްނޫން

43
STO_Ads
Maldivian_Ads
TTH_Ads
Advertisement

ދައުލަތުގެ ބޯކިބާފޮތިން ބައެއް ހޯދަން ބޭނުންނުވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަވެރި ކެންޑިޑޭޓް މީކާއީލް އަހްމަދު ނަސީމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ސަރުކާރު ދެފަޅިކޮށް ސަރުކާރުގެ ވެރިޔަކާއި ދައުލަތުގެ ވެރިއެއް ހުންނަންޖެހޭ ނިޒާމެއް ގާއިމް ކުރުމަކީ ނަޝީދު ހުށަހެޅުއްވި ބޮޑު ބަދަލުގައި ހިމެނޭ ސިޔާސަތެކެވެ. އެ ސިޔާސަތުގައި ހިމެނޭ ދައުލަތުގެ ވެރިޔާގެ މަގާމް ބޭނުންފުޅުވާކަމަށް ވެސް ނަޝީދު ވަނީ ކުރިން ވިދާޅުވެފައެވެ.

ރޭ ބޭއްވި ކެމްޕޭން އިވެންޓެއްގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ދައުލަތުގެ ބޯކިބާފޮތިން ބައެއް ހޯއްދެވުމަށް ނޫން ކަމަށާއި އޭނާ މަސައްކަތް ކުރަނީ ޕާޓީގެ އާންމު މެންބަރުން އެތަކެއް އަހަރުތަކެއް ވަންދެން ބޭނުންވެފައި ތިބި އިސްލާހީ ބަދަލުތައް ޕާޓީއަށް ގެނެސް، 2028ގެ ރިޔާސީ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބުކޮށް ދިނުމަށް ކަމަށެވެ.

HajjCop_ads
Advertisement

އޭނާ ވިދާޅުވީ ޕާޓީއަށް 20 އަހަރު ވެގެން ދިޔައިރުވެސް، ޕާޓީގެ އޮފީސް ހިންގަން ކުލި ދެއްކޭނެ ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރެވިފައި ނެތުމަކީ މައްސަލައެއް ކަމަށެވެ.

ކޮންމެ އިންތިޚާބަކާ ދިމާކޮށް ޕާޓީގެ މުދަލާއި އިންވެންޓްރީއަށް ވާނުވާ ނޭނގޭ މައްސަލައަށް ހައްލެއް ހޯދައިދީ، ހަރުދަނާ އިންވެންޓްރީއެއް އުފެއްދުމަކީ އޭނާގެ އެއް އަމާޒު ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑު މިއުޅެނީއަކީއެއް ދިވެހި ދައުލަތުގެ ބޯކިބާފޮތި ބަހާލާއިރު އަޅުގަނޑަށް އޮތީ ކޯއްޗެއްތޯ ބަލާކަށް ނޫން. އަޅުގަނޑު މިއުޅެނީ މި ޕާޓީގެ އާންމު މެންބަރުންގެ ހިތާއި ވިންދު ޕާޓީގެ އެ އޮފީހުގެ ފިނި ކޮޓަރިއަށް ވައްދަން,” މީކާއިލް ވިދާޅުވި އެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

M Mukhthar
Indeed, Allah never wrongs ˹anyone˺—even by an atom’s weight. And if it is a good deed, He will multiply it many times over and will give a great reward out of His grace

ގުޅުންހުރި

HR1YROoaUAAYTo6

އެމްޑީޕީގެ ކޮންގްރެސް އަންނަ މަހަށް ފަސްކޮށްފި

Saeed

އެމްޑީޕީގެ ނައިބު ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވައިފި

Saeed

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އަހުމަދު އަބްދުﷲ އިސްތިއުފާދެއްވައިފި

ibrahim mohamed solih

ރައީސް ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ