ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗެއާޕާސަން ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ތާއީދުކުރަނީ މީކާއީލްއަށްކަން ހާމަކޮށްފި

43
STO_Ads
TTH_Ads
Advertisement

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެ ޕާޓީގެ މަޖިލިސް މެންބަރުން ތާއީދުކުރާނެ ކެންޑިޑޭޓަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްކަން ހާމަކޮށްފިއެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ފިޔަވައި އެހެން ހުރިހާ މެންބަރުން ބައިވެރިވެވަޑައިގަތެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ، މީކާއީލަކީ ޔޫތު ވިންގް ރައީސެއްގެ ގޮތުގައި ހުންނެވި އިރުން ފެށިގެން ޕާޓީއަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

“މަޖިލީހުގެ ފުރަތަމަ އަހަރާއި ދެވަނަ އަހަރުގައި މަޖިލިސް މެންބަރުންގެ ގޮތުގައި އަޅުގަނޑުމެން ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ފޮނި. އެ މަސައްކަތްތަކުގެ އެންމެ ބޮޑު އެއް ބައިވެރިއެއް އެމްޕީ މީކާއީލް އަކީ،” ނާޒިލް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ކޮންމެ މަޖިލިސް މެންބަރަކު ވަކިވަކިން ވަނީ މީކާއީލްއަށް ތާއީދުއޮތް ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.

މީކާއީލްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު  އަލްހާން ފަހުމީއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

އެމްޑީޕީގެ ކައުންސިލްތަކަށް އެހީވާ އޮފީހުގެ ހިންގުން އަމީރާ ހަވާލުކޮށްފި

Igmh

އެމްޑީޕީގެ “ބޮޑު ބަދަލު” އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ހަސަން ލަތީފް އައްޔަނުކޮށްފި

mdp

އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި

H6txovzbmjojwefnjhdb

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޮޑު ތަފާތަކުން ރައީސް ނަޝީދު އިންތިހާބުވެވަޑައިގެންފި