ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމާފައިވާ އެއްވެސް ބޭފުޅަކަށް ތާއީދު ނުކުރަން: މީކާއީލް

43
TTH_Ads
STO_Ads
Advertisement

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމާފައިވާ އެއްވެސް ބޭފުޅަކަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވީ އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަހްމަދު ނަސީމް އިތުރުފުޅުހައްދަވައިފިއެވެ.

މީކާއީލްގެ ކެމްޕޭން ލޯންޗުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެއްވެސް ބޭފުޅަކަށް ތާއީދު ނުކުރައްވާ ކަަމަށެވެ. އަދި މަސައްކަތް ކުރާނީ ޗެއާޕާސަން ކަމަށް ވަޑައިގެން ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރި ޕްރައިމަރީއެއް ބޭއްވުަމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީކާއީލް އެހެން ވިދާޅުވިއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު، އަދި ހުޅުމާލެ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ ނިޔާޒު އިންނެވިއެވެ. މީކާއީލް އެހެއްދެވީ އިތުރުފުޅެއްކަން އެމްޑީޕީގެ ބައެއް އިސްބޭފުޅުން ކަށަވަރުކޮށްދެއްވިއެވެ.

HajjCop_ads
Advertisement

ބައެއް އިސް ބޭފުޅުން ވިދާޅުވީ މީކާއީލް އަކީ ސޯލިހު ނެރެގެން އުޅޭ ކެންޑިޑޭޓެއް ކަމަށެވެ. ކެމްޕޭން ރޭވިފައިވާގޮތާއި ކެމްޕޭން ކުރިއަށްދާގޮތް ވެސް ސޯލިހު ގެންދަވަނީ ގާތުން ބައްލަވަމުންނެވެ.

މީކާއީލްގެ ވާހަކައިގައި އޭނައާ ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާކޮށް ރައްދުދެއްވިއެވެ.

އޭނާ ވިދާޅުވީ އުމުރުން 16 އަހަރުން ފެށިގެން ޕާޓީއަށް އެންމެ އުނދަގޫވި ދުވަސްތަކުގައި ވެސް ހުރީ ޕާޓީއާއެކު ކަމަށެވެ. ރިޔާސީ އިންތިހާބުގައި ވެސް ޕާޓީއާ ދުރަށް ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާނެކަން ނަޝީދު އިއުލާންކުރެއްވީ ދާދިފަހުންނެވެ. ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ތާއީދުކުރައްވާކަން ވެސް ހާމަކުރައްވާފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ޖ ޖާނޭ
އެމްޑީޕީއަށް އެންމެރަނގަޅު ޗޮއިސް މީކާއިލް ދެގޮތެއް ނުވާ ވަރަށް ވަރަށްސާފް އިނގޭތޯ
ޖ ޖާނޭ
ޗެއާޕާސަންގެމަޤާމް ހަށްޤުވަނީ ދެފުށަށް ނުކެނޑޭ މީކާއިލް ނަސީމްއަށް ވަރަށް ވަރަށްސާފް

ގުޅުންހުރި

445gf

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބައްދަލުވުންތައް ލައިވްކުރުމަށް އެމްޑީޕީން އެދިއްޖެ

88887

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަންވަރު ސިވިލް ކޯޓަށް ހާޒިރުކުރުމުގެ އަމުރު ބާތިލުކޮށްފި

Io

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފައިސަލް ފާޅުކުރައްވައިފި

Igmh

އެމްޑީޕީގެ މަގުޗާޓު ނިންމަން ފައްޔާޒަށް މުގައްރިރުކަންދީ ކޮމިޓީއެއް އެކުލަވާލައިފި