ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސާކްގެ ސެކްރެޓަރީ ޖެނެރަލް އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންފި

43
TTH_Ads
STO_Ads
Advertisement

އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ދެކުނު އޭޝިއާގެ ސަރަހައްދީ އެއްބާރުލުމާ ބެހޭ ޖަމިއްޔާ (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް ގުލާމް ސަރުވަރު ރާއްޖެ ވަޑައިގެންފިއެވެ.

އޭޝިއާ މީޑިއާ ސަމިޓަކީ އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިން ޑިވެލޮޕްމަންޓް (އޭއައިބީޑީ) އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ހަރަކާތެކެވެ.

ސަމިޓުގެ ތައްޔާރީތައްމި އަހަރުގެ ސަމިޓު ރާއްޖޭގައި ބޭއްވުމަށް މިހާރު ދަނީ ތައްޔާރީތައް ވަމުންނެވެ. މި ހަރަކާތުގައި ބައިވެރިވުމަށް އެކި ގައުމުތަކުގެ މަންދޫބުން ރާއްޖެ އަންނަމުންދާ އިރު، 200 އަށް ވުރެ ގިނަ މަންދޫބުން މި ސަމިޓުގައި ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

HajjCop_ads
MMA_Ads
Advertisement

ވެލާމާ އިންޓަނޭޝަނަލް އެއާޕޯޓުން ގުލާމް ސަރުވަރަށް މަރުހަބާ ދެންނެވީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބާއި، ޕީއެސްއެމްގެ ޗެއާޕާސަން އާމިނަތު ނަމްޒާއެވެ.

މީގެ އިތުރުން، މި ސަމިޓުގައި ބައިވެރިވުމަށް ޓިމޯ-ލެސްޓޭގެ ސްޓޭޓް ސެކްރެޓަރީ ފޯ ސޯޝަލް ކޮމިއުނިކޭޝަން، އެކްސްޕެޑިޓޯ ލޮރޯ ޑިއާސް ޒިމެނޭސް ވެސް މިއަދު ރާއްޖެ ވަޑައިގެންފައިވެއެވެ.

މި އަހަރުގެ އޭޝިއާ މީޑިއާ ސަމިޓު އޮންނާނީ މެއި 11 އިން 14 އަށް ވިލާ ނޯޓިކާގައެވެ. މި އަހަރުގެ ސަމިޓުގެ ތީމަކީ “މޯލްޑިވްސް 2.0: ފްރޮމް ޓްރެޑިޝަން ޓު ޓެކް” އެވެ. މި ސަމިޓު އިންތިޒާމުކުރަނީ ޕީއެސްއެމުން އޭއައިބީޑީއާ ގުޅިގެންނެވެ.

އިންތިޒާމުކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި، މި އިވެންޓުން އޭޝިއާ-ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ބްރޯޑްކާސްޓިން އަދި މީޑިއާ ރެގިއުލޭޝަން ދާއިރާގައި މަސައްކަތްކުރާ 200 އަށް ވުރެ ގިނަ އިސް މަންދޫބުން ބައްދަލުވާނެއެވެ.

ސަމިޓުގެ ހަރަކާތްތަކުގެ ތެރެއިން މެއި 11 ވަނަ ދުވަހު ޚާއްސަ ވޯކްޝޮޕްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މުހިންމު މައުޟޫއުތަކުގެ ތެރޭގައި ޚަބަރު ފެތުރުމާއި އުފެއްދުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލްތައް ބޭނުންކުރުމާއި، އޭއައި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި، އޭއައިގެ ޒަމާނުގައި ޑިޖިޓަލް މީޑިއާއާ މެދު އާންމުންގެ އިތުބާރު ދެމެހެއްޓުމާއި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން މީޑިއާގެ ދައުރު ހިމެމެނެއެވެ.

ސަމިޓުގެ ރަސްމީ ހުޅުވުމުގެ ރަސްމިއްޔާތު މެއި 12 ގައި އޮންނާނެއެވެ. އެއަށްފަހު މެއި 12 އަދި 13 ގައި ސަރަހައްދީ މީޑިއާގެ ލަނޑުދަނޑިތަކާއި އެއްބާރުލުމާ ގުޅޭގޮތުން ޕްލެނަރީ ސެޝަންތައް ކުރިއަށްދާނެއެވެ. ސަމިޓު ނިންމާލާނީ މެއި 14 ވަނަ ދުވަހު ކުޅުދުއްފުށީގެ ކައިރީގައި އޮންނަ ކުޑަގިރީގައި ބާއްވާ ޚާއްސަ މުރަކަ އިންދުމުގެ ހަރަކާތަކުންނެވެ.

އޭޝިއާ މީޑިއާ ސަމިޓަކީ އޭޝިއާ-ޕެސިފިކް ސަރަހައްދުގައި ބާއްވާ އެންމެ މުހިންމު މީޑިއާ އެއްވުންތަކުގެ ތެރެއިން އެއް ހަރަކާތެވެ. މި ސަމިޓަކީ ޒިންމާދާރު މީޑިއާގެ އުސޫލުތަކާއި، ސިނާއަތުގެ ކުރިމަގުގެ ލަނޑުދަނޑިތަކާއި، ސަރަހައްދީ އެއްބާރުލުމާ ގުޅޭގޮތުން ބްރޯޑްކާސްޓިން ދާއިރާގެ އިސްވެރިންނަށް މަޝްވަރާކުރުމަށް ފަހިވެފައިވާ މައިދާނެކެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު