އެސްޓީއޯ ޖެނެރަލް ޓްރޭޑިންގއިން ކުރިއަށްގެންދާ ހިޓާޗީ އޭސީ ޕްރޮމޯޝަން ފަށައިފިއެވެ.
“ފިނި ފިނި ޕްރޮމޯ” ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ހެޔޮ އަގުތަކެއްގައި ހިޓާޗީގެ އޭސީތައް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
މި ޕްރޮމޯޝަންގައި ހިޓާޗީ އޭސީ ބައްލަވައިގަނެގެން، ކޮންމެ 1000 ރުފިޔާއަކަށް، ލަކީ ޑްރޯގައި ބައިވެރި ވުމަށް ކޫޕަނެއް ލިބިގެންދާނެއެވެ. ލަކީ ޑްރޯގެ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 40،000 ރުފިޔާގެ ހިޓާޗީ ބްރޭންޑުގެ ހޯމް އެޕްލަޔަންސް ޕެކޭޖެއް ލިބިގެންދާނެއެވެ.

ހިޓާޗީ ބްރޭންޑަކީ ދިވެހިންގެ ތެރޭގައި ނަން މަޝްހޫރު، ދިވެހިންގެ އިތުބާރު ލިބިފައިވާ ކޮލިޓީ ބްރޭންޑެކެވެ. ވަކިން ހާއްސަކޮށް ހިޓާޗީ އޭސީއަކީ ގިނަ ގެތަކުން ފެންނަ ޕްރޮޑަކްޓެކެވެ.
ފިނި ފިނި ހިޓާޗީ ޕްރޮމޯޝަން 2026 ކުރިއަށްދާނީ 5 މޭ 2026 ވަނަ ދުވަހުން ފެށިގެން 5 ޖުލައި 2026 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަން، މާލެ، ހުޅުމާލެ އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހުރިހާ ރީޖަނަލް އައުޓްލެޓްތަކެއްގައި ވެސް ކުރިއަށްދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.





ކިޔުންތެރިންގެ ހިޔާލު