ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީޑީއާ ވިލެޖުގެ މަސައްކަތް އަންނަ މަހު ނިމޭނެ: ތަރުޖަމާނު

Big SUh9OJQhA1ybe9bm0Ece8dzbT
TTH_Ads
STO_Ads
Advertisement

ރައީސްގެ ވަޢުދުފުޅަ އެއްގޮތަށް ހުޅުމާލޭގައި ތަރައްޤީކުރާ މީޑިއާ ވިލެޖުގެ މަސައްކަތް އަންނަ ޖޫން މަހުގެ ނިޔަލަށް ނިމޭނެކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުގެ އިސް ތަރުޖަމާޞް މުޙައްމަދު ޙުސައިން ޝަރީފް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މީޑިއާ ވިލެޖުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އެ މަސައްކަތް ކުރިން ހަވާލުކޮށްފައި އޮތް ވުޒާރާ ބަދަލުވި ނަމަވެސް މަސައްކަތަށް ބުރުއެއް ނާރާ ކަމަށާއި އަންނަ ޖޫން މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ރާއްޖޭގެ މީޑިއާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ މީޑިއާ ވިލެޖު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައެވެ. އެތަނުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.

MMA_Ads
HajjCop_ads
Advertisement

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީޑިޔާތަކުން އަމިއްލަ ފަރާތްތަކުގެ ޢިމާރާތްތަކުން ބޮޑު ކުލީގައި އޮފީހާއި، ސްޓޫޑިއޯ ޖާގަ ކުއްޔަށް ނަގަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި މާލީގޮތުން ކުރިމަތިލާން ޖެހިފައި އޮންނަ ދަތި ޙާލަތުން އަރައިގަނެ، ލިބޭ އާމްދަނީއިން މީޑިއާ އިތުރަށް ތަރައްޤީކޮށް ކުރިއަރައިގެން ދިޔުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ކުޑައަގެއްގައި ކުއްޔަށް ނެގޭނެ އޮފީހާއި، ސްޓޫޑިއޯ ޖާގަ ހިމެނޭ މީޑިއާ ވިލެޖުގެ މަސައްކަތް ވަރަށް ހަލުއި ދުވެއްޔެއްގައި ކުރިޔަށްދާ ކަމަށެވެ.

ހުޅުމާލެ ފޭސް 1 ގައި ހަދަމުންދާ މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނޭ ކަމަށާއި، މިތަން ނިމި މީޑިއާތަކަށް ބޭނުން ހިފުމުގެ ފުރުޞަތު މި އަހަރުގެ މެދު ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީޑިއާ ވިލެޖު ތަރައްގީ ކުރަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މީގެ 17 ވަރަކަށް އަހަރު ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްޤީކުރަން ހެދި އިމާރާތުގައެވެ. އެތަން ރާއްޖޭގެ ތަރައްޤީއަަށް އިންޤިލާބީ ބަދަލެއް ގެންނާނެ ފަދަ ގޮތަކަށް ތަރައްޤީކޮށް، ހިންގުން ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MMA_Ads
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Tharujamaanu Mundhu

ރައީސް އޮފީހަށް ހުށައަޅާފައިވާ ހުރިހާ އާރުޓީއައިއަށް ޖަވާބު ދީ ނިންމައިފި: ތަރުޖަމާން

DSC

މިއީ ރައީސް ޑރ. މުއިއްޒުގެ އިގްތިސާދީ ތަސައްވުރާއި ހާރިޖީ ސިޔާސަތުގެ ވަރުގަދަކަން ދައްކުވައިދޭ ކަމެއް: ތަރުޖަމާނު

DSC

ގާނޫނާ ޚިލާފުވުމުން ފިޔަވަޅު އެޅުމުގައި ވަކި ބަޔަކު އިސްތިސްނާ ނުކުރާނެ: ސަރުކާރުގެ ތަރުޖަމާނު

DSC

ރައީސް އޮފީހަށް ހުށައެޅި 233 އާރުޓީއައިއަށް ޖަވާބުދީފައިވޭ: ތަރުޖަމާނު