ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮންމެ ބުރާސްފަތި ދުވަހަކު ތަރުޖަމާނު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

Tharujamaanu Mundhu
TTH_Ads
STO_Ads
Advertisement

ކޮންމެ ހަފްތާއެއްގެ ބުރާސްފަތިދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ސަރުކާރުގެ އިސް ތަރުޖަމާން މުޙައްމަދު ޙުސައިން ޝަރީފް ނިންމަވައި އެކަން ފަށްޓަވައިފިއެވެ.

“ޕްރެސަރ ވިތު ދަ ސްޕޮކްސް” ގެ ނަމުގައި ކުރިއަށްގެންދާ ފުރަތަމަ ޕްރޮގްރާމުގައި ތަރުޖަމާނު ވިދާޅުވީ މާލޭގައި ހުންނަވާ ކޮންމެ ހަފުތާއެއްގައި ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.  މި ބައްދަލުކުރެއްވުމުގައި ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވުމުގެ އިތުރުން ނޫސްވެރިން މަސައްކަތް ކުރަމުންދާ ޚަބަރުތަކަށް ސަރުކާރުން ބޭނުންވާ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. މީގެ ސަބަބުން ނޫސްވެރިންނަށް މައުލޫމާތު ހޯދުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ރައުޔެއް، ނުވަތަ މައުލޫމާތެއްވިޔަސް ނުވަތަ ސްޓެޓިސްޓިކެއްވިޔަސް ނޫނިއްޔާ އަޅުގަނޑުގެ ސައުންޑް ބައިޓެއް ބޭނުންވިޔަސް އަޅުގަނޑު މިއުންމީދުކުރަނީ ތިބޭފުޅުންގެ މަސައްކަތަށް މި ބައްދަލުވުން ވެގެންދާނީ ފަސޭހައަކަށޭ.

MMA_Ads
HajjCop_ads
Advertisement

ތަރުޖަމާން ވިދާޅުވިއެވެ.

މި ޕްރޮގްރާމް 55 މިނެޓަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ވީހާވެސް ގިނަ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާނަމަ އެ މައުލޫމާތުވެސް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ތަރުޖަމާނު ދެއްވިއެވެ.

ތަރުޖަމާނު ވިދާޅުވީ ސަރުކާރުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް “ޕްރެސަރ” ގެ އަޑާއި މަންޒަރު އަދި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެފަހުގެ އަދާހަމަ އިންސްޓަގްރާމް އަދި ޓިކްޓޮކް މެދުވެރިކޮށް ހިއްސާކުރައްވާނެ ކަމަށެވެ. އެގޮތުން، “ދަފީޑް.އެމްވީ” ގެ ނަމުގައި އިންސްތަގްރަމް އަދި ޓިކްޓޮކް އެކައުންޓް ވަނީ ތަޢާރަފުކުރައްވާފައެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Tharujamaanu Mundhu

ރައީސް އޮފީހަށް ހުށައަޅާފައިވާ ހުރިހާ އާރުޓީއައިއަށް ޖަވާބު ދީ ނިންމައިފި: ތަރުޖަމާން

DSC

މިއީ ރައީސް ޑރ. މުއިއްޒުގެ އިގްތިސާދީ ތަސައްވުރާއި ހާރިޖީ ސިޔާސަތުގެ ވަރުގަދަކަން ދައްކުވައިދޭ ކަމެއް: ތަރުޖަމާނު

DSC

ގާނޫނާ ޚިލާފުވުމުން ފިޔަވަޅު އެޅުމުގައި ވަކި ބަޔަކު އިސްތިސްނާ ނުކުރާނެ: ސަރުކާރުގެ ތަރުޖަމާނު

Big SUh9OJQhA1ybe9bm0Ece8dzbT

މީޑީއާ ވިލެޖުގެ މަސައްކަތް އަންނަ މަހު ނިމޭނެ: ތަރުޖަމާނު