ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް އޮފީހަށް ހުށައެޅި 233 އާރުޓީއައިއަށް ޖަވާބުދީފައިވޭ: ތަރުޖަމާނު

DSC
STO_Ads
TTH_Ads
Advertisement

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވިި 233 އާރުޓީއައި ފޯމަށް ޖަވާބުދީ، މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ކޮންމެ ބުރާސްފަތި ދުވަހެއްގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ސިލްސިލާގެ ދަށުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ވިދާޅުވީ މަޢޫލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން ހުށައަޅާ އާރުޓީއައިތައް ހުށަހަޅާ ފަރާތްތަކުން ކާކުކަން ނޭނގޭ ގޮތަށް އެއް މައުލޫމާތެއް ހޯދަން ވަރަށް ގިނައިން ހުށަހަޅާ ކަމަށާއި މައުލޫމާތު ހޯދަންޖެހޭ ތަން ނޫން އެހެން ތަންތަނަށް ވެސް އާރްޓީއައި ފޮނުވަމުން އަންނަ ކަމަށެވެ. އަދި ވަކި މަގުސަދެއް ހާސިލުކުރުމުގެ ބޭނުމުގައި ވަކި ގޮތަކަށް ސުވާލު އުފައްދައިގެން އާރުޓީއައި ހުށަހަޅާ ކަމަށާއި މީގެ ސަބަބުން މައުލޫމާތު ފޯރުކޮށްދިނުމުގައި ދަތިތައް ދިމާވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ތަރުޖަމާނު ވިދާޅުވީ ރައީސް އޮފީހަށް ހުށަހަޅާ އާރުޓީއައިތަކަށް މައުލޫމާތު ފޯރުކޮށްދެމުން ދާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހުންފެށީގެން ޑިސެމްބަރު މަހުގެ ނިޔަލަށް 182 އާރުޓީއައި ލިބުނުއިރު 170 އާރުޓީއައިއަށް ޖަވާބުދެއްވާފައިވާ ކަމަށާއި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަހަރުގެ މިހާތަނަށް 106 އާރްޓީއައި ލިބިފައިވާއިރު، 63 އާރްޓީއައިއަށް ޖަވާބު ދީފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

MMA_Ads
HajjCop_ads
Advertisement

ތަރުޖަމާނު ވިދާޅުވީ ޚާރިޖީ ގުޅުންތަކާއި އެފަދަ ކަންކަމަށް ބުރޫ އަރާ ގޮތަށް އެދިފައި ހުންނަ މައުލޫމާތާއި ބައެއް މާލީ އެއްބަސްވުންތަކުގައި ހުންނަ ސިއްރުކޮށްފައިވާ މައުލޫމާތު އަދި ޤައުމީ ސަލާމަތާގުޅޭ މައުލޫމާތު ހޯދަން އާރުޓީއައި ހުށަހެޅި ނަމަވެސް އެފަދަ މައުލޫމާތު ހިއްސާ ނުކުރެވޭނެކަން ދަންނަވާނެ ކަމަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MMA_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Tharujamaanu Mundhu

ރައީސް އޮފީހަށް ހުށައަޅާފައިވާ ހުރިހާ އާރުޓީއައިއަށް ޖަވާބު ދީ ނިންމައިފި: ތަރުޖަމާން

DSC

މިއީ ރައީސް ޑރ. މުއިއްޒުގެ އިގްތިސާދީ ތަސައްވުރާއި ހާރިޖީ ސިޔާސަތުގެ ވަރުގަދަކަން ދައްކުވައިދޭ ކަމެއް: ތަރުޖަމާނު

DSC

ގާނޫނާ ޚިލާފުވުމުން ފިޔަވަޅު އެޅުމުގައި ވަކި ބަޔަކު އިސްތިސްނާ ނުކުރާނެ: ސަރުކާރުގެ ތަރުޖަމާނު

Big SUh9OJQhA1ybe9bm0Ece8dzbT

މީޑީއާ ވިލެޖުގެ މަސައްކަތް އަންނަ މަހު ނިމޭނެ: ތަރުޖަމާނު