ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އިސް ދެ މަޤާމެއްގައި ތިއްބެވި ދެ ބޭފުޅަކު ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.

ސަސްޕެންޑުކުރީ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރޮންޓް އޮފީހުގެ އިސްވެރިޔާ ޒަކަރިއްޔާ ޙުސައިން އަދި ޖުޑީޝަލް އެކަޑަމީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީއެވެ.

އެ ދެ ބޭފުޅުން ސަސްޕެންޑުކުރީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި ނޭނގެއެވެ.

އިޝްތިހާރު އިޝްތިހާރު

މި ދެ ބޭފުޅުން ސަސްޕެންޑްކޮށްފައި މިވަނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުގައި ހުންނެވި އަމްޖަދު މުޞްޠަފާ މިދިޔަ މަހު މަޤާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.

ޒަކަރިއްޔާ ވަނީ މީގެ ކުރިން ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އޭނާ އެ ކޮމިޝަނުން އިސްތިއުފާ ދެއްވީ އޭނާ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ވޯޓަށް އެހުމަށް ތާވަލުކޮށްފައި ވަނިކޮށް ޖުލައި 2020 ގައެވެ.

އަޙްމަދު ޢަލީ ވަނީ މީގެ ކުރިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމު ވެސް ފުރުއްވާފައެވެ. ސީއެސްސީން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން ސަސްޕެންޝަނުގައި ހުންނަވަނިކޮށް އޭނާ އެ މަޤާމުން އިސްތިއުފާ ދެއްވީ 2024 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.