ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި

STO_Ads
TTH_Ads

1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާއި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ދެއްކެވި ވާހަކަފުޅުގައި ޙައްޖު މިޝަންގެ މެމްބަރުންގެ ޒިންމާ ވީހާވެސް ފުރިހަމައަށް އަދާކުރެއްވުމަށާއި، ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެެއް ދެވޭކަން ކަށަވަރުކުރުމަށް ނަސޭޙަތްތެރިވެލައްވާފައެވެ.

އަދި ދިވެހި ޙައްޖުވެރިންނަށް ދަތިވާ ކަންތައްތަކަށް ޙައްލު ހޯދެއްވުމަށް މަސައްކަތް ކުރެއްވުމަށާއި ޙައްޖުވެރިންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ވަޒީރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

HajjCop_ads

މިއީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި ފާހަގަކުރައްވާ ވަޒީރު ވަނީ، މި ޙައްޖުވެރިންގެ އެންމެހާ ޚިދުމަތްތައްތަކުގައި މަސައްކަތްތަކުރައްވާ ފަރާތްތަކުން އެއްބައިވަންތަކަމާއެކު މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންފައެވެ.

މިއަހަރު ޙައްޖު މޫސުމަށް މައްކާގައި ޤާއިމު ކުރާ ދިވެހި ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔަކަށް މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް، އައްޝައިޚް އިމްތިޠާއު ޢައްބާސް ވަނީ ހަމަޖައްސަވާފައެވެ. އަދި ރާއްޖޭގެ ފަރާތުން އިޝް ޝައިޙެއްގެ ގޮތުގައި ޙައްޖުގައި ބައިވެރިވެ ވަޑައިގަންނަވާނީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިންއެވެ.

މިއީ، ޙައްޖުގެ އެންމެހާ އިންތިޒާމްތައް ވިލަރެސްކޮށް ބެލެހެއްޓުމަށް ކޮންމެ އަހަރަކުވެސް ކަނޑައަޅާ، ޙައްޖު މިޝަންގެ ދަށުން މައްކާގައި ޤާއިމުކުރާ އޮފީހެކެވެ.

ޙައްޖުގެ ކަންކަމުގައި، ސައުދީގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާއި ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން އެންމެ އިސް ދަޢުރެއް އަދާކުރާނީ ޙައްޖު މިޝަންއިންނެވެ.
ޙައްޖު މިޝަން ސަޢުދީއަށް ފުރާނީ މާދަމާއެވެ. މިޝަންގައި 10 މެންބަރުން ހިމެނިވަޑައިގަންނަވައެވެ.

ރާއްޖެއިން މިއަހަރުގެ ޙައްޖުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތަކުގެ ދަށުން، ޙައްޖު ޢުމްރާ މިނިސްޓްރީގެ ތާވަލާ އެއްގޮތަށް އެންމެހާ މަސައްކަތްތައް ރާއްޖެއިން ދަނީ ކުރިއަށް ގެންދަމުންނެވެ.

މިޝަންގައި 10 މެންބަރުން ހިމެނިވަޑައިގަންނަވައެވެ. ޙައްޖުވެރިން ސައުދީއަށް ދަތުރު ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އެންމެހާ އިންތިޒާމްތައް ހަމަޖެހިފައިވާކަން މިޝަންއިން ކަށަވަރު ކުރާނެއެވެ. އެގޮތުން މައްކާ ހޮޓަލާއި، ޙައްޖުގެ މަޝާއިރުތަކާއި، ދަތުރުފަތުރާއި ކެންއިންބުއިމާއި ސިއްޙީ އެންމެހާ އިންތިޒާމްތަކާއި ތައްޔާރީތައް ބަލާ، ސައުދީ ޙައްޖު މިނިސްޓްރީގެ މިންގަނޑަށް ހަމަޖައްސަފަވާކަން ކަށަވަރު ކުރާނެއެވެ.

ރާއްޖެއިން މިއަހަރު ޙައްޖަށް ދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 15ވަނަ ދުވަހުން ފެށިގެންނެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Photo 2026 04 29 16 29

ޤައުމީ ޔުނިވާސިޓީން އަންނަނީ އިލްމީ އައު އުސްމިންތަކަށް ވާސިލުވަމުން: ޑރ. ޝަހީމް

Dr shaheem

އިންސާނާގެ އަބުރާ ކަރާމާތަކީ އެންމެ މަތީ ޝާރަފު: ޑރ. ޝަހީމް

IMG

އިސްލާމީ ދާއިރާއިން މަސައްކަތްކުރުމަށް އިންޑިނޭޝިޔާއާއެކު މުހިންމު މަޝްވަރާތަކެއް

Shaheem

އެއްވެސް ޤައުމަކަށް ޙައްޖު ކޯޓާ އިތުރުކޮށްދޭނަމަ އެފުރުޞަތު ރާއްޖެއަށް ލިބޭނެ: ޝަހީމް