ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުން ގޯހެއް ހަދައިފިނަމަ އަނެއްކާވެސް ހަމަލާދޭން ޖެހިދާނެ: އެމެރިކާގެ ރައީސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
STO_Ads
TTH_Ads
Advertisement

އީރާނަށް އަނެއްކާވެސް ހަމަލާދޭން ޖެހިދާނޭ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ކޮށްފިއެވެ.

އެމެރިކާގެ ފްލޮރިޑާގައި މިހާރު ހުރި ޓްރަމްޕް ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ބުނެފައިވަނީ، އީރާނުން ގޯހެއް ހަދައިފިނަމަ ނުވަތަ ނުބައިގޮތަކަށް އުޅެފިނަމަ އަލުން ހަމަލާދޭން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނޫސްވެރިޔާ ސުވާލުކުރީ އީރާނާ ދެކޮޅަށް އެމެރިކާއިން އަލުން ހަނގުރާމައަށް ގޮސްފާނެތޯއާ މެދުގައެވެ.

ޓްރަމްޕްގެ ވާހަކައިގައި، އީރާނުން އެމެރިކާއާ އެކު އެއްބަސްވުމެއް ހެދުމަށް ވަރަށް ބޮޑަށް ބޭނުންވެގެން އުޅޭ ކަމަށް ތަކުރާރުކޮށް ބުންޏެވެ.

HajjCop_ads
Advertisement

ޓްރަމްޕް އިޝާރާތް މިކުރީ، އީރާނުން އެމެރިކާއަށް މިހާރު ހުށަހަޅާފައިވާ އައު 14 ނުކުތާ ހިމެނޭ ހުށަހެޅުމަށެވެ.  އީރާނުން ކުރިން ހުށަހެޅި ޕްލޭނާ ޓްރަމްޕް ވަނީ ދެކޮޅު ހަދާފައެވެ. އީރާނުން 14 ނުކުތާގެ އައު ޕްލޭނެއް ހުށަހެޅީ އެމެރިކާއިން ހުށަހެޅި 9 ނުކުތާގެ ޕޭލޭންގެ ޖަވާބުގައެވެ.

އެމެރިކާގެ ހުށަހެޅުމުގައިވާ އެއްކަމަކީ، ހަނގުރާމަ ހުއްޓާލަން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ދެމަސްދުވަހަށް ދަންމާލުމަށެވެ. އެކަމަކު، އީރާނުން ހުށަހެޅީ ހަނގުރާމަ ދާއިމަށް ހުއްޓާލުމުގެ ޕްލޭނަކަށް ދިއުމަށެވެ.

އީރާނުން ހުށަހަޅާފައިވަނީ ވާހަކަ ދައްކައިގެން ތިރީސް ދުވަހުގެ ތެރޭގައި ހުރިހާކަމެއް ހައްލުކޮށް އެއްބަސްވުމެއް ހެދުމާއި، އީރާނު ކައިރީގައި ތިބި އެމެރިކާ ސިފައިން ސަރަހައްދުން ގެދިއުމާއި، އީރާނަށް ދެން ހަމަލާ ނުދޭނޭކަމުގެ ޔަގީންކަން ދިނުމާއި، ގަނޑުކޮށްފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކުރުމާއި، އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ލުބުނާނާއި ސަރަހައްދުގައި ހިންގާ ހުރިހާ އުދުވާނުތައް ހުއްޓާލުމާއި އަދި ހޮރްމޫޒު ކަނޑުއޮޓީ މެނޭޖްކުރުމާ ގުޅޭ އައު ނިޒާމެއް ގާއިމްކުރުމަށެވެ.

ފްލޮރިޑާގައި ހުރެ ޓްރަމްޕް ބުނީ، އީރާނުގެ މި ހުށަހެޅުންތައް އޭނާ ދިރާސާކުރަމުންދާ ކަމަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

އީރާނަށް ދެން ހަމަލާދިނުމަކީ އެމެރިކާއިން ކުރާނެ އެންމެ މޮޔަ ކަންތައް، ރައްދުދިނުމުގެ ޕްލޭނަށް މިތިބީ ތައްޔާރަށް: އިންގިލާބީ ލަޝްކަރު

ހަމަލާތައް ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ނުފައިބާނަމަ ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް

އީރާނާ ދެކޮޅަށް ޓްރަމްޕް ފަށައިގެންއުޅޭ ހަނގުރާމަ ހުއްޓުވަން ހުށަހެޅުނު ގަރާރު ދިރާސާކުރަން ސެނޭޓް ތައްޔާރުވެއްޖެ