ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނޑައަޅާފައިވާ ތާރީޚްގައި އިންތިޚާބު ނުބާއްވައިފިނަމަ ޕާޓީގެ މަސްލަހަތު ގެއްލޭނެ: ނަޝީދު

43
ފޮޓޯ؛ މުހައްމަދު ޝާބިން / ވިރާސީ
Maldivian_Ads
STO_Ads
TTH_Ads
Advertisement

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބު މިހާރު ކަނޑައަޅާފައިވާ ތާރީޚްގައި ނުބާއްވައިފިނަމަ، ޕާޓީގެ މަސްލަހަތު މިހާރަށްވުރެ ބޮޑަށް ގޯސްވެގެންދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތ. ކިނބިދޫގައި އެމަނިކުފާނުގެ ސަޕޯޓަރުންތަކަކާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ، ޕާޓީގެ ތެރޭގައި ޚިޔާލުތަފާތުވުންތަކެއް ހުރިކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މެދު ހިތްހަމަނުޖެހޭ މީހުން ޕާޓީގައި ތިބި ފަދައިން، އެމަނިކުފާނާ މެދު ވެސް ހިތްހަމަނުޖެހޭ ބަޔަކު އެބަތިބި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ތެރޭގައި ތާއީދު އޮތީ ކޮން ފަރާތަކަށްތޯ ސާފުނުވާނަމަ، ކަންކަން ހައްލުކުރުމުގެ ނަމުގައި ކުރެވޭނެ ހަމައެކަނި ކަމަކީ ރައީސް ސޯލިހާއެކު ފޮޓޯއެއް ނެގުމެވެ. ނަމަވެސް އެއީ ދާއިމީ ހައްލެއް ނޫން ކަމަށާއި، އެފަދަ ކަމަކުން ހިތްހަމަޖެހުން ލިބުނަސް ހަފްތާއެއްހާ ދުވަސް ފަހުން އަނެއްކާވެސް ހިތްހަމަނުޖެހުންތައް އުފެދިގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

HajjCop_ads
Advertisement

“ތާއީދު ގިނައީ ކޮން ބަޔަކަށް ކަން ނޭގެންޏާ އަނެއްކާ ވެސް ޖެހޭނީ ރައީސް ސާލިހް އާ އެކު ތި ބޭފުޅުން ހިތްހަމަ ޖައްސަން ފޮޓޯއެއް ނަގަން. އެކަމަކު ހަފްތާއެއް ފަހުން އަނެއްކާވެސް ހިތްހަމަނުޖެހުން އުފެދޭނެ،” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ފައިސާ ނެތް ކަމަށް ބުނެ އިންތިޚާބު ފަސްކުރަން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ އުޅުއްވާ ދަނޑިވަޅެއްގައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HR1YROoaUAAYTo6

އެމްޑީޕީގެ ކޮންގްރެސް އަންނަ މަހަށް ފަސްކޮށްފި

Saeed

އެމްޑީޕީގެ ނައިބު ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވައިފި

Saeed

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އަހުމަދު އަބްދުﷲ އިސްތިއުފާދެއްވައިފި

ibrahim mohamed solih

ރައީސް ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ