ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިލަފުށީގައި މަލްޓި އޮޕަރޭޓެޑް ޓާމިނަލެއް އަޅަނީ

MPL
TTH_Ads
STO_Ads
Advertisement

ދެ ހާސް ހަތާވީސް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ތިލަފުށީގައި މަލްޓި އޮޕަރޭޓެޑް ޓާމިނަލެއް އެޅުމުގެ ވިސްނުން އެބަހުރިކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް(އެމްޕީއެލް) އިން ބުނެފި އެވެ.

މިކަން ހާމަކުރައްވައި އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ “ޓްރޭޑް ޑެސްކް” ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގެ މޭނޭޖަރ ބިޒްނެސް ޑިވެލޮޕްމަންޓް އައިމަން އަލީ ވިދާޅުވީ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ތައްޔާރީތައް ވަމުންދާއިރު ފިޔަވަހިތަކަކަށް ބަހާލައިގެން ހާސިލުކުރުމަށް ކަނޑައަޅާފައިވާ މާސްޓަރޕްލޭނެއް އެމްޕީއެލްގެ އެބައޮތް ކަމަށެވެ.

“އެގޮތުން ޕޯޓަށް ބޭނުންވާ ކޮންޓެއިނަރ ޓާމިނަލަކާއި ޑޮމެސްޓިކް ޓާމިނަލަކާއި ޖެނެރަލް ކާގޯ ބަރުކޮށް ބާލާ ޓާމިނަލަކާއި މި ހިދުމަތްތައް ގާއިމުވެފައި ހުންނާނެ،”. އައިމަން ވިދާޅުވި އެވެ.

MMA_Ads
HajjCop_ads
Advertisement

ނޯތު ހާބަރާއި ޓީޖެޓީ އިން ފޯރުކޮށްދޭ ހިދުމަތްތައް މިހާރު ދެމުން އަންނަނީ ފަސް ހެކްޓަރުގެ ސަރަހައްދެއްގައި ކަމަށާއި ނަމަވެސް ހިދުމަތް ދިނުމަށް ތިލަފުށިން ލިބިގެންދަނީ 20 ހެކްޓަރުގެ ސަރަހައްދެއްކަން ފާހަގަކުރައްވައި މި ބަދަލުގެ ސަބަބުން އަހަރަކު 20 ފޫޓުގެ ތިން ލައްކަ ކޮންޓެއިނަރަށް ހިދުމަތްދެވިގެންދާނެކަން އައިމަން ފާހަގަކުރެއްވި އެވެ.

“މިއީ މިވަގުތު ހުރި ދަތިތަކަށް ކުރިއަށް އޮތް އަހަރުތަކަކަށް އަޅުގަނޑުމެން ދުރާލާ ޕްލޭންކޮށްގެން ކޮންމެވެސް ވަރެއްގެ ރިލީފްއެއް ދިނުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެއް. އަޅުގަނޑުމެން އެބަ ޕްލޭންކުރަން އެއަށްވުރެ ބޮޑު ޕޯޓަކަށް. ބޮޑު ޓާމިނަލަކާ އެކީގައި ޒަމާނީ ފެންވަރުގެ މަލްޓި އޮޕަރޭޓެޑް ޓާމިނަލެއް ވެސް ތިލަފުށީގައި ގާއިމުކުރަން،”. އައިމަން ވިދާޅުވި އެވެ.

ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ 90 އިންސައްތަ މުދަލަކީ ކަނޑުމަގުން އެތެރެކުރެވޭ މުދަލަށްވީއިރު ވިޔަފާރި ބަނދަރުގެ ޖާގަ ތަނަވަސްވުމަކީ އިގްތިސާދީ ދުވެލި ހަލުއިވެގެންދާނެކަމެއް ކަމަށް އައިމަން ވިދާޅުވި އެވެ.

މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ މިއހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ނެވެ.

“މި ބަދަލާއިއެކު ބަނދަރުގެ ޚިދުމަތްތައް ފެށުމާއިއެކު މިހާރު 7 ދުވަހުން ހުސްކުރެވޭ ބޯތު 48 ގަޑިއިރުން ހުސްކުރެވި ބަނދަރުގައި މުދާ ބެހެއްޓޭނެ މުއްދަތު އިތުރުކުރެވި މުދާ ރާއްޖެ ގެނައުމަށް ހިނގާ ހަރަދު ކުޑަވާނެ. މި ހުރިހައި ބަދަލުތަކާއިއެކު މުދަލުގެ އަގު ކުޑަކުރެވި އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނެ. އަދި މިހާރު މާލޭގައި ގުދަންކުރެވޭ މުދާ ތިލަފުށީގައި ގުދަން ކުރުމުގެ ފުރުސަތު ފަހިވެ މާލޭގެ މާރުކޭޓް ސަރަހައްދުގައި މިހާރު ކުރަމުންދާ ހޯލްސޭލް ވިޔަފާރި އެކީގައިހެން ތިލަފުއްޓަށް ބަދަލުކުރެވިގެންދާނެ.” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއިއެކު މުދާ އުފުލާ ބޯޓުތަކަށް ފަސޭހަކަމާއިއެކު ބަނދަރުކުރެވި މުދާ އަރުވާ ބޭލުމަށް ބަނދަރުގައި މަޑުކުރަންޖެހޭ ދުވަސްތައް މަދުވެ ރަށްރަށައް މުދާ ގެންދިއުން އަވަސްވެގެންދާނެކަމަށެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
HajjCop_ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޕީއެލްގެ ބޯޑުން ރައިޝަމް އަދި ވީއެމްސީ ބޯޑުން ޢާއިޝަތު ވަކިކޮށްފި

Igmh

އެމްޕީއެލްގެ ޑެޕިޔުޓީ ސީއީއޯކަމުން ޒިޔަތު އިސްތިއުފާދެއްވައިފި

Sstv FORM FOR EC

އެމްޕީއެލްގެ މުވައްޒަފުންނަށް އަލިފާން ނިއްވުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

Mpl

ހަލާކުވާ ޒާތުގެ މުދާ ކްލިއަރކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނޭ: އެމްޕީއެލް