ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޞުމޫދް ފްލޮޓިއްލާއަށް ހުރަސްއެޅުން ރާއްޖޭގެ އިތުރުން 10 ޤައުމަކުން ކުށްވެރިކޮށްފި

Screenshot 2026 05 01
STO_Ads
TTH_Ads
Advertisement

ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުކުރި “ގްލޯބަލް ސުމޫދު ފްލޮޓިލާ”އަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހުރަސްއެޅުން، ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ. މިކަން ކުށްވެރިކޮށްފައިވަނީ ދިވެހިރާއްޖޭގެ އިތުރުން 10 ޤައުމަކުން ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އޭގެތެރޭގައި ރާއްޖޭގެ އިތުރުން ބައިވެރިވެފައިވަނީ، ބްރެޒިލް، އުރުދުން، ޕާކިސްތާން، ސްޕެއިން، މެލޭޝިއާ، ބަންގްލަދޭޝް، ކޮލަމްބިއާ، ދެކުނު އެފްރިކާ، ތުރުކީ އަދި ލީބިޔާއެވެ.

މި ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ނެރުއްވި ބަޔާނުގައި ވަނީ، މިއީ ޣައްޒާގައި ހިނގަމުންދާ އިންސާނީ ކާރިސާއަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ ސަމާލުކަން ގެނައުމަށް މަދަނީ ޖަމިއްޔާތަކުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ސުލްހަވެރި ހަރަކާތެއް ކަމަށާއި، މިފަދަ އިންސާނީ މަސައްކަތަކަށް ހުރަސް އެޅުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުންދިޔަ އުޅަނދުތަކަށް އިސްރާއީލުން ދިން ޙަމަލާއާއި އިންސާނީ އެހީތެރިން ޤާނޫނާ ޚިލާފަށް ހައްޔަރު ކުރުމަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ބައިނަލްއަޤުވާމީ އިންސާނީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ޚާއްސަކޮށް ޖެނީވާ މުއާހަދާތަކުގެ ދަށުން އިންސާނީ އެހީތެރިންނަށް ލިބިދޭންޖެހޭ ޙިމާޔަތާއި ރައްކާތެރިކަން ނިގުޅައިގަނެފައިވާކަން މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

HajjCop_ads
MMA_Ads
Advertisement

ރާއްޖެއާއި 10 ޤައުމަކުން ގުޅިގެން ނެރުނު ބަޔާނުގައި ވަނީ، ހައްޔަރުކޮށްފައިވާ މަދަނީ އެކްޓިވިސްޓުންގެ ސަލާމަތާއި ރައްކާތެރި ކަމާމެދު ކަންބޮޑުވުން ފާޅުކޮށް، އެ މީހުން ވަގުތުން ދޫކޮށްލުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމަށާއި، އާންމުން ޙިމާޔަތް ކުރުމަށާއި، މިފަދަ ޚިލާފުވުންތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ މައްޗަށް އޮތް އަޚުލާގީ އަދި ޤާނޫނީ ވާޖިބު އަދާކުރުމަށްވެސް މި ބަޔާނުގައި ގޮވާލާފައިވެއެވެ.

“ގްލޯބަލް ސުމޫދު ފްލޮޓިލާ”އަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހުރަސް އަޅާފައިވަނީ، ބުދަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ގްރީސްގެ ކްރީޓް އައިލެންޑާ 45 ނޯޓިކަލް މޭލު ދުރުން، އަދި ޣައްޒާއާ 600 ނޯޓިކަލް މޭލު ދުރުން ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުން ދިޔަ މި ފްލޮޓިލާގެ 20 އަށްވުރެ ގިނަ އުޅަނދު އިސްރާއީލުގެ ކަނޑުގެ ސިފައިން ވަނީ ހުއްޓުވާފައެވެ. ރިޕޯޓުތައް ބުނާގޮތުން، އެކި ޤައުމުތަކަށް ނިސްބަތްވާ 175 އަށްވުރެ ގިނަ އެކްޓިވިސްޓުން ވަނީ ހައްޔަރު ކޮށްގެން އިސްރާއީލަށް ގެންގޮސްފައެވެ.

ގްލޯބަލް ސުމޫދު ފްލޮޓިލާއަކީ، މިދިޔަ އަހަރުގެ މެދުތެރޭގައި އުފެދުނު ބައިނަލްއަޤުވާމީ ހަރަކާތެކެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

462046 6ccdcaab a

މާލީ ވަޒީރު ޒަރީރަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފި

43

1000 ހައުސިންގ ޔުނިޓުގެ މަސައްކަތް ދިވެހި ކުންފުނިތަކާ ހަވާލުކުރަނީ

988

މާލޭ ފުރުގާން މިސްކިތުގެ ކުޑަ ދޮރަކަށް ގެއްލުންދީފި

43

މާފުށި ޖަލު ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ކަރެކްޝަންސް އިން ފަށައިފި