ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލުބުނާނުގެ ދެކުނުގައި އިސްތިއުމާރީ ސިފައިންގެ މީހަކު މަރާލައިފި، ލުބުނާނުގެ ދެކުނުން އާންމުންގެ 14 މީހުން މަރު

އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނުގެ އަވަށަކަށް ބޮންއަޅަނީ:
STO_Ads
TTH_Ads

ލުބުނާނުގެ ދެކުނު އިސްތިއުމާރުކޮށްގެން ތިބި ޒަޔަނިސްޓު ސިފައިންނަށް ލުބުނާނުގެ ހިޒްބުﷲ މުޖާހިދުން މިއަދު ދިން ވަރުގަދަ ހަމަލާއެއްގައި އިސްތިއުމާރީ ސިފައިންގެ މީހަކު މަރާލައިފިއެވެ.

ހިޒްބުﷲ މުޖާހިދުން ދުޝްމަނުންގެ ގްރޫޕަކަށް ހަމަލާދިނީ ލުބުނާނުގެ ދެކުނުގެ ގަންތާރާ އަވަށުގައި ކުރިން ގޮވާތަކެތި ހަރުކޮށް، ދުޝްމަނުންނަށް އަމާޒުކޮށް ގޮއްވާލައިގެންނެވެ. މި ހަމަލާގައި އިސްތިއުމާރީ ސިފައިންގެ އިތުރު އެކަކު ޒަޚަމްވި ކަމަށް އިސްރާއީލުގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

ލުބުނާނުގެ ދެކުނު އިސްތިއުމާރު ކޮށްގެން ތިބި ޒަޔަނިސްޓު ސިފައިންނަށް އަމާޒުކޮށް ހިޒްބުﷲ މުޖާހިދުން ގެންދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކުގައި ޒަޔަނިސްޓު އެތައް ސިފައިން މިހާތަނަށް މަރާލައި އެތައްބަޔަކު ޒަޚަމް ކޮށްލާފައި ވެއެވެ. އަދި އެމީހުންގެ ޓޭންކްތަކާއި ހަތިޔާރުތަކަށްވެސް ހަމަލާދީ ގެންދަނީ ބޮޑެތި ގެއްލުންތައް ދެމުންނެވެ.

HajjCop_ads

ޒަޔަނިސްޓު ސިފައިންނަށް އަމާޒުކޮށް ހިޒްބުﷲއިން ދެމުންގެންދާ ހަމަލާތައް ވަރުގަދަ ކުރީ، ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ހެދުމަށްފަހުވެސް ލުބުނާނުގެ ދެކުނުގެ ރަށްތަކަށް ކެނޑިނޭޅި ބޮންއަޅައި އާންމުން މަރައި. ގެތަކާއި އިމާރާތްތައް ގޮއްވައި ބިމާހަމަކުރަމުންދާ މައްސަލާގައެވެ.

ޒަޔަނިސްޓު ޓެރަރިސްޓުން މިއަދުވެސް ލުބުނާނުގެ ދެކުނުގެ ދެ އަވަށަކަށް ބޮންއެޅުމުގެ ސަބަބުން އާންމުންގެ 14 މީހުން މަރުވެފައި ވެއެވެ. އޭގެ ތެރޭގައި އެއް އާއިލާގެ 4 މެމްބަރުން ހިމެނޭއިރު ތިން އަހަރުގެ ތުއްތު ކުއްޖަކުވެސް ހިމެނެއެވެ.

ހިޒްބުﷲ މުޖާހިދުން މިއަދުވަނީ އިސްތިއުމާރީ އިސްރާއީލުގެ ތެރެއަށްވެސް ވަރުގަދަ ޑްރޯން ހަމަލާއެއްވެސް ދީފައެވެ. މުޖާހިދުން ޑްރޯން ހަމަލާ ދީފައިވަނީ އިސްރާއީލުގެ އުތުރުގެ ޝޮމޭރާއިން ދަތުރުކުރި ޒަޔަނިސްޓު ސިފައިންގެ އަސްކަރީ ވެހިކަލަކަށެވެ. މި ހަމަލާގައި ސިފައިންގެ 12 މީހުން ޒަޚަމްވި ކަމަށް އިސްރާއީލު މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

ހިޒްބުﷲ މުޖާހިދުން ގެންދަނީ އިސްތިއުމާރީ އިސްރާއީލުގެ އެތެރެއަށްވެސް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ. ހިޒްބުﷲގެ ވެރިން ބުނަނީ، ރައްދު ހަމަލާތައް ނުހުއްޓާނޭ ކަމަށާއި، ހަމަލާތައް ހުއްޓާލުމަށް ހެދޭ އެއްބަސްވުމަކީ އެއް ފަރާތުން އަމަލުކުރަން އޮންނަ އެއްޗެއް ނޫން ކަމަށެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަނގުރާމައިގެ ތެރޭގައި އީރާނުގެ ފައިޓަރ ޖެޓުތަކުން ދިން ކާމިޔާބު ހަމަލާތަކުގެ މައުލޫމާތު އީރާނުން ހާމަކޮށްފި

އިންތިޚާބުގައި ނަތަންޔާހޫ ބަލިކޮށް، ވެރިކަމުން ދުރުކުރަން އިސްރާއީލުގެ އިދިކޮޅު ލީޑަރުން އިއްތިހާދު ހަދައިފި

އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނަށް ވަރުގައަށް ބޮންއަޅައިފި، ހިޒްބުﷲއިންވެސް ވަރުގަދަ ރައްދުތަކެއް

ލުބުނާނާއި އިސްރާއީލުން ހަމަލާތައް ހުއްޓާލި މުއްދަތަށް ތިން ހަފްތާ އިތުރުކޮށްފި