ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤައުމީ ޔުނިވާސިޓީން އަންނަނީ އިލްމީ އައު އުސްމިންތަކަށް ވާސިލުވަމުން: ޑރ. ޝަހީމް

Photo 2026 04 29 16 29
STO_Ads
Maldivian_Ads
TTH_Ads
Advertisement

ޤައުމީ ޔުނިވާސިޓީން އަންނަނީ ޢިލްމީ ގޮތުން ކުރިއެރުން ހޯދައި އާ އުސްމިންތަކަށް ވާސިލުވަމުންކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ދެވަނަ ދަންފަޅި ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންއިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ޤައުމީ ޔުނިވާސިޓީއަށް އަންނަމުންދާ ކުރިއެރުމާއި ޢިލްމީ ގޮތުން ޙާސިލްކުރަމުންދާ އާ އުސްމިންތައް ފާހަގަކުރައްވާ ޔުނިވާސިޓީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން މިއަދު ދަސްވެނިވި ދަރިވަރުންނާއި މުޚާޠަބުކޮށް މުހިއްމު ވާހަކަފުޅުތަކެއް ވަޒީރު ދެއްކެވިއެވެ.

އެގޮތުން ޢިލްމު ލިބިފައިތިބި މީހުންނަކީ ވަރަށް އޯގާތެރި ބަޔަކަށް ވާން ޖެހޭނެކަމަށާއި މީހުންނަށް އޯގާތެރިވުމާއި އެހީތެރިވުމަކީ ﷲ ސުބުޙާނަޙޫ ވަތަޢާލާ ނުހަނު މަތިވެރި ދަރަޖައަކަށް ލޯބިވެވޮޑިގަންނަވާކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން ކޮންމެ ދަރިވަރަކީވެސް އުއްމީދާއެކުގައި މަސައްކަތްކުރާ ދަރިވަރަކަށް ވާން ޖެހޭނެކަމަށާއި، އަބަދުވެސް ކުރިއަރާ ދިއުމަށް މަސައްކަތްކުރާ ދަރިވަރަކަށް ވާން ޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މުސްލިމުންނަކީ އަބަދުވެސް އުއްމީދީ ބަޔަކަށް ވާން ޖެހޭނެ. ތިމާގެ ޙަޔާތުގައި ތިމާއަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ކުރިމަތީގައި ވަރުގަދަ ފަރުބަދައެއް ފަދަ ނުގުޑާ ފަދަ ޢަޒުމްހުރި މީހަކަށް ވާން ޖެހޭނެ.

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ވަޒީރުގެ ވާހަކަފުޅުގައި ވަނީ މިފަދަ ޝަރަފްވެރި ރަސްމިއްޔާތަކަށް ދަޢުވަތު ދެއްވީތީ ޔުނިވާސިޓީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދު މެންދުރުފަހު ކުރިއަށްދިޔަ މި ދަންފަޅީގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރާއި، ވައިސް ޗާންސެލަރު އަދި ޔުނިވާސިޓީގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ. މި ދަންފަޅީގައި ޤައުމީ ޔުނިވާސިޓީގެ 4 ފެކްލަޓީއަކުން 116 ދަރިވަރުން ދަސްވެނިވެފައިވެއެވެ.

 

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

saudi

މައްކާގައި ތިބި ހުރިހާ ދިވެހިންގެ ހާލު ރަނގަޅު: ޝަހީމް

HSEdg6haoAA50X9

މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންނަށް ޚާއްޞަ ހެދުމެއް ތައްޔާރުކުރަނީ!

Dr Shaheem

އިލްމީ ޖީލެއް ބިނާކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: ޝަހީމް

Qw

ވަޤުފު ކުންފުނީގެ މަގުސަދަކީ ކައުންސިލްތަކުން މިސްކިތްތައް އަތުލުން ނޫން ކަމަށް ޑރ. ޝަހީމް ވިދާޅުވެއްޖެ