ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުން ދިން ގެއްލުންތަކުގެ ބަދަލު ހޯދާނެގޮތެއް ކަނޑައަޅަން ޖީސީސީ ވެރިންގެ ކުރު ސަމިޓެއް ޖިއްދާގައި ބާއްވައިފި

STO_Ads
TTH_Ads
Advertisement

ގަލްފް ކޯޕަރޭޝަން ކައުންސިލް – ޖީސީސީގެ ވެރިންގެ ކުއްލި އަދި ކުރު ސަމިޓެއް ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބާއްވައިފިއެވެ.

ސަމިޓްގެ ރިޔާސަތު ބެލެހެއްޓެވީ ސައުދީ ވަލީ އަހުދު އަދި ސައުދީ ސަރުކާރުގެ ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންއެވެ.

މިއީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން ގަލްފްގެ ގައުމުތަކުގެ ވެރިން ސީދާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

HajjCop_ads
Advertisement

ސަމިޓަށް ވަޑައިގެންނެވީ، ކުވައިތުގެ ވަލީއަހުދު ޝައިޚް ސަބާހް ޚާލިދު އަލް ހަމަދް އައްސަބާހް އާއި، ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އައްޘާނީއާއި، ބަހްރެއިންގެ ރަސްގެފާނު ހަމަދް ބިން އީސާ އަލް ޚަލީފާއާއި، ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުﷲ ބިން ޒައިދު އަލް ނަހްޔާންއެވެ.

ބައްދަލުވުމުގެ ބޭނުމަކީ، އީރާނުގެ މިސައިލްތަކާއި ޑްރޯން ހަމަލާތަކުން ގަލްފްގެ ގައުމުތަކުގެ ހަކަތައިގެ ސިނާއަރާއި އާންމު އިންފްރާސްޓްރަކްޗަރއަށް ލިބުނު ބޮޑެތި ގެއްލުންތަކަށް، ގައުމުތައް ގުޅިގެން ރައްދުދޭނޭ ގޮތެއް ހޯދުމަށް މަޝްވަރާ ކުރުމެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ގަލްފްގެ ގައުމުތައް ބޭނުންކޮށްފައިވާތީ، އީރާނުންވަނީ ޖީސީސީގައި ހިމެނޭ 6 ގައުމަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. އެ ގައުމުތަކަކީ؛ ބަހްރެއިން، ކުވައިތު، އުމާން، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް-ޔޫއޭއީއެވެ.

އީރާނުން ރައްދު ހަމަލާތައް މައިގަނޑު ގޮތެއްގައި ދީފައިވަނީ އެގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށެވެ. އެއީ، އީރާނަށް ހަމަލާދޭން އެ ތަންތަން ބޭނުން ކުރާތީއެވެ.

އުމާނާއި ގަތަރުން ސުލްހައިގެ މަގު ބޭނުންކޮށްގެން މައްސަލަތައް ހައްލުކުރަން ތާއީދުކުރާއިރު، ޔޫއޭއީ އަދި ސައުދީގެ ވިސްނުން އެކަމުގައި ތަފާތު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެކަމަކު، ކުއްލި ސަމިޓެއް މިބޭއްވީ، ގަލްފްގެ ގައުމުތަކަށް ދިމާވެފައިވާ މައްސަލަތަކުގެ ދަނޑިވަޅުގައި ޖީސީސީ އެއްބައިވަންތަ ޖަމާއަތެއްގެ ގޮތުގައި އޮތުމަށް މަސައްކަތް ކުރުމަށެވެ.

ސަމިޓަށްފަހު ގަތަރުގެ އަމީރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު ހިނގަމުންދާ ކަންކަމާމެދު ގަލްފުގެ އެއްބައިވަންތަވެ އޮތުމަށް ގޮތްތަކެއް ނިންމުނު ކަމަށެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގަދަބާރުން ހޮރްމޫޒު ކަނޑުއޮޅި ހުޅުވުމުގެ އޮޕަރޭޝަނެއް މިއަދު ފަށަން އެމެރިކާ ސިފައިން ތައްޔާރުވެއްޖެ

އީރާނުން ގޯހެއް ހަދައިފިނަމަ އަނެއްކާވެސް ހަމަލާދޭން ޖެހިދާނެ: އެމެރިކާގެ ރައީސް

އީރާނު ޕާލަމެންޓް ރައީސްގެ މަލާމާތް ޓްރަމްޕަށް: ބްލޮކޭޑްގެ ސަބަބުން އަގުބޮޑުވަނީ ތެޔޮ، އީރާނަކަށް ގެއްލުމެއްނުވޭ

އީރާނާ ދެކޮޅަށް ޓްރަމްޕް ފަށައިގެންއުޅޭ ޣައިރުގާނޫނީ ހަނގުރާމަ ހުއްޓުވަން ސެނޭޓަށް ހުށަހެޅި ފަސްވަނަ ގަރާރުވެސް ބޭރުކޮށްލައިފި