ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް ސީޕީ އާއި ހެލްތު މިނިސްޓަރު މަޝްވަރާކުރައްވައިފި 

Igmh
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، މި ދާއިރާއިން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ގީލާ ޢަލީއާ މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، މި ދާއިރާއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، ނަފްސާނީ ބަލިތަކާ ގުޅުންހުރި މައްސަލަތަކުގައި ފުލުހުން ހަރަކާތްތެރިވާއިރު ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ކޮމިޝަނަރ ވަޒީރާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުވުމުގައި، ހުރިހާ އުމުރުފުރާތަކަކަށް އަމާޒުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ފެށުމާއި، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ނަމަވެސް، ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލަސްނުވެ އެންމެ ފުރިހަމަ ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.

HajjCop_ads
Advertisement

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Saeed

ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމުގެ ނިންމުންތައް ނިންމަނީ ފަންނީ ދިރާސާތަކަށް ބަލައި ނަތީޖާ ނެރެވޭގޮތަށް: ވަޒީރު ޤީލާ

Geealaa health minister

ކިހާދޫ ސިއްހީ މަރުކަޒުގެ އިމާރާތް ބޮޑުކުރުމުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ: ވަޒީރު ގީލާ

1784200864435 eoaaeq

އިތާ ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްފި

Img md 202607130713381783952018.7316

ސީޕީ، ސައުދީ ސަފީރާ ބައްދަލުކުރައްވައިފި