ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންސާނާގެ އަބުރާ ކަރާމާތަކީ އެންމެ މަތީ ޝާރަފު: ޑރ. ޝަހީމް

Dr shaheem
STO_Ads
TTH_Ads
Maldivian_Ads
Advertisement

އިންސާނާގެ އަބުރާ ކަރާމާތަކީ އެންމެ މަތީ ޝާރަފު ކަމަށާއި ޤާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިސްލާމްދީނާއި ޤާނޫނުގެ ޙުދޫދުގެ ތެރޭގައި ދެމެހެއްޓުމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިލްތިމާސްކުރައްވައިފިއެވެ.

ވަޒީރުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަކީ ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ލިބިފައިވާ، އަދި ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ޤާނޫނު އަސާސީގެ ދަށުން ކަށަވަރުކޮށްދީފައިވާ ޤައުމެއްކަމަށާއި، މި މިނިވަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހޭކަމަށެވެ.

“އަބުރާ ބެހުމާއި ގަޒުފުކުރުމާއި ފުރައްސާރަކުރުމާއި ނުބައި ލަޤަބުތަކުން މީހުންނާ މުޚާޠަބްކުރުމާއި ދޮގު ވާހަކަ ފެތުރުމަކީ ކީރިތި ޤުރްއާނާއި ނަބިއްޔާގެ ސުންނަތުގައި ނަހީކުރައްވާފައިވާ ކަންކަމެއް. އިންސާނަކަށް ލިބިގެންވާ އެންމެ މަތިވެރި ޝަރަފަކީ އޭނާގެ އަބުރާއި ކަރާމަތުގެ ޝަރަފް.” އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

HajjCop_ads
Advertisement

ވަޒީރު ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ އިސްލާމްދީނާއި ޤާނޫނު އަސާސީގެ އިމުން ބޭރުން މީހުންގެ އަބުރާއި ޢިއްޒަތަށް އަރައިގަނެ ފުރައްސާރަކޮށް ގަނާކުރުމުގެ ނިޒާމަކަށް ބަދަލުވެއްޖެނަމަ މުޖުތަމަޢު ހަލާކުވެގެން ހިނގައިދާނެކަމަށާއި، ނޫސްވެރިކަން ހެޔޮ ގޮތުގައި ދަމަހައްޓަން މަސައްކަތް ކުރަންޖެހޭނެކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ނޫސްވެރިކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދޭ ސަރުކާރެއްކަމަށާއި، ޚާއްސަ ގޮތެއްގައި ރައީސް އަމިއްލަފުޅަށް ކޮންމެ ހަފްތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވައި ސީދާ ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވުމާއި އެކަން އެގޮތަށް ކުރުމަށް ވަޒީރުންނަށް ބާރު އަޅުއްވާކަމީ ފެންނާން އޮތް ހަޤީޤަތެއްކަަށެވެ.

ވަޒީރުގެ ޕޯސްޓުގައި ވިދާޅުވީ، ރާއްޖޭގެ ބައެއް ނޫސްތަކުންނާއި ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ އެކި އެކައުންޓްތަކުން މިއަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ބޭފުޅުންނާއި ޢާއިލާއަށާއި ވަޒީރުންނާއި ޢާއިލާތަކަށް ފުރައްސާރަކުރަމުންދަނީ މީގެ ކުރިން ރާއްޖޭގައި މިފަދަ ކަންކަން ކުރިމަތިވެފައި ނުވާ މިންވަރަށްކަމަށާއި މިއީ ހިތާމަކުރަން ޖެހޭކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަބުރު ޙިމާޔަތްކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި ފަސް މަޤުޞަދުގެ ތެރޭގައި ލައްވާފައިވާކަމެއްކަމަށާއި، ހެޔޮ ގޮތުގައި މަސައްކަތްކުރައްވާ އެންމެހައި ނޫސްވެރިންގެ މަސައްކަތްތައް ބަލައިގަނެ އަގުވަޒަންކުރައްވާކަމަށާއި، ނޫސްވެރިކަމަކީ އަދަބިއްޔާތުގެ ތެރޭގައި ނަޤުދީ ވިސްނުމާއި ބިނާކުރަނިވި ފާޑުކިއުމުގެ މައްޗަށް ހިނގާ ނިޒާމަކަށް ވެއްޖެ ނަމަ މުޅި މުޖުތަމަޢަށް ފައިދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

saudi

މައްކާގައި ތިބި ހުރިހާ ދިވެހިންގެ ހާލު ރަނގަޅު: ޝަހީމް

HSEdg6haoAA50X9

މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންނަށް ޚާއްޞަ ހެދުމެއް ތައްޔާރުކުރަނީ!

Dr Shaheem

އިލްމީ ޖީލެއް ބިނާކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: ޝަހީމް

Qw

ވަޤުފު ކުންފުނީގެ މަގުސަދަކީ ކައުންސިލްތަކުން މިސްކިތްތައް އަތުލުން ނޫން ކަމަށް ޑރ. ޝަހީމް ވިދާޅުވެއްޖެ