ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓެކްސީ އަގުތަކަށް ބަދަލު ގެންނާނީ މަޝްވަރާކުރުމަށްފަހު: ސަޢީދު

minister saeed
STO_Ads
TTH_Ads

ޓެކްސީ އަގުތަކަށް ބަދަލު ގެންނާނީ އެކަމާގުޅޭ ގޮތުން ހުރިހާ ފަންތިއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސަޢީދު ވިދާޅުވީ މިކަމުގެ ކަންބޮޑުވުންތައް އެމަނިކުފާނާއި ހިސާބަށް އައިސްފައިވާ ކަމަށެވެ.

“ޓެކްސީ އަގުތަކަށް ބަދަލު ގެނައުމަށް ޑްރައިވަރުން އެދޭ، ސިޓީ އައިސްފައި ހުރި އަޅުގަނޑު ހަވާލުވިއިރުވެސް. ސިޓީތައް ބަލާފައި ކެބިނެޓް ލެވެލްގައި އެވާހަކަ ދައްކައި އިތުރަށް ވާހަކަ ދައްކަން ޖެހޭ ފަރާތްތަކާއި އެކު އެވާހަކަ ދައްކާނަން. އޭގެ ތެރޭގައި ޑްރަވަރުންނާއި ސެންޓަރުތައްވެސް ހިމެނޭ.” ވަޒީރު ސަޢީދު

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގެ ތެލުގެ އަގު އުފުލި، ރާއްޖޭގައި ތެލުގެ އަގަށްވަނީ ބަދަލު އައިސްފައެވެ. މިއާއި ގުޅިގެން ޓެކްސީ އަގުތަކަށް ބަދަލު ގެނައުމަށް ޓެކްސީ ޑްރައިވަރުންގެ ފަރާތުން ވަނީ އެދިފައެވެ.

Maldivian_Ads

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން އިޤްތިޞާދީ އަދި ދަތުރުފަތުރާ ބެހޭ ވުޒާރައިން މިހަފްތާގައި ބޭއްވި ބައްދަލުވުމުގައި ވަޒީރު މުޙައްމަދު ސަޢީދު ވަނީ މިކަމަށް އަލިއަޅުވާލައްވާފައެވެ. ވަޒީރު ވިދާޅުވީ ދަތުރުފަތުރުގެ ދައިރާގެ މެންޑޭޓާއި ހަވާލުވުމަށް ފަހު މިމައްސަލައިގައި ޑްރަވަރުންގެ ފަރާތުން ސިޓީތައް ލިބިފައިވާކަން އެނގިވަޑައިގެންނެވި ކަމަށެވެ.

މިމައްސަލަގައި ގޮތެއް ނިންމެވުމުގެ ކުރިން މިކަމާގުޅޭގޮތުން ފުރިހަމައަށް މަޝްވަރާ ކުރެވެންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ކެބިނެޓުގައި މިކަމާގުޅޭ މަޝްވަރާތައް ކުރައްވަންޖެހޭ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister saeed

ޓެކްސީ ނަފާ ލޯނު ސްކީމްގެ ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭނަން: ސަޢީދު

Saeed

އިޤްތިޞާދީ ދަތި ޙާލަތުގައިވެސް ސަރުކާރުން އަންނަނީ އޭގެ ބުރަ ރައްޔިތުންނަށް ނުޖެހޭނެގޮތަށް ރާވަމުން: ސަޢީދު

saeed

ރާއްޖެއަށް މުދާ އެތެރެކުރުމުގެ އައު މަގުތަކެއް ހޯދައި، ޔޫއޭއީން ޑައިރެކްޓް ފްލައިޓްތައް ފަށައިފި

PNC Saeed

އެމްޑީޕީގެ މައްސަލައަކީ ހަރުދަނާ ލީޑަރޝިޕެއް ނެތުން: ސަޢީދު