ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ދިރާސާކުރެވޭ ލިޔުންތައް ބެލުމުގެ އިންތިޒާމު ޕީޖީން ހަމަޖައްސައިފި

PG Office
Maldivian_Ads
TTH_Ads
STO_Ads
Advertisement

ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ރައްކާތެރިކުރެވޭ ލިޔުންތައް ކޯޓުގައި ބަލައި ދިރާސާކުރުމުގެ އިންތިޒާމު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހަމަޖައްސައިފިއެވެ.

ޕީޖީ އޮފީހުން ބުނީ މިގޮތަށް ހަމަޖެއްސީ ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ރައްކާތެރިކުރެވޭ ލިޔުންތައް ކޯޓުގައި ބަލައި ދިރާސާކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކޯޓުތަކަށް ދަތިވާނަމަ، ކަނޑައެޅޭ ހަރުދަނާ އުޞޫލުތަކާއި، ޝަރުޠުތަކާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ނުވަތަ ކޯޓަށް ޤަބޫލުކުރެވޭ ދައުލަތުގެ އިދާރާއެއްގައި އެ އިންތިޒާމު ހަމަޖެއްސުމަށް އެންގުމުގެ އިޚްތިޔާރު މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާކަމަށް ސުޕްރީމް ކޯޓުގެ ގަޟިއްޔާއެއްގައި ބަޔާންކޮށްފައިވާތީކަމަށެވެ. އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2026/SC-A/09 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު) ޤަޟިއްޔާގެ ނިންމުމުގައެވެ.

އެހެންކަމުން، އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ މަޤްޞަދު ޙާޞިލުވާނޭހެން، ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން މައްސަލަ ބައްލަވާ ފަނޑިޔާރު ކަނޑައަޅުއްވާ ޝަރުޠުތަކާއެކު ބަލައި ދިރާސާކުރުމުގެ ފުރުޞަތު ދިފާއަށް ލިބިދޭ ލިޔުންތައް، ފަސޭހަ އަދި ލުއި އިންތިޒާމެއްގެ ދަށުން ބެލޭނެ އިންތިޒާމު ހަމަޖެއްސީކަމަށް ޕީޖީން ބުންޏެވެ.

HajjCop_ads
Advertisement

މިކަން ކުރިއަށްގެންދާނީ “ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ޝަރުޠުތަކާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހެކިތައް ބަލައި ދިރާސާކުރުމުގެ ފުރުޞަތު ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު” ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަމަށްވެސް ޕީޖީން ބުންޏެވެ.

މި އުޞޫލުގެ ދަށުން، ދަޢުވާލިބޭ ފަރާތަށް ލިޔުންތައް ދެއްކުމުގެ އިންތިޒާމު މި އޮފީހުން ހަމަޖެއްސުމަށް ކޯޓަކުން އަމުރުކޮށްފިނަމަ، އެ އިންތިޒާމު ހަމަޖެއްސުމަށް އެދި ހުށަހަޅާނީ މިކަމަށް ޚާއްޞަކޮށްފައިވާ، އިސްވެ ދެންނެވުނު އުޞޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ “ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހެކި ބަލައި ދިރާސާކުރުމަށް އެދި ހުށަހަޅާ ފޯމު”އިންކަމާށްވެސް ޕީޖީން ބުންޏެވެ. އަދި އެ އުޞޫލާއި، ފޯމު ޕީޖީ އޮފީހުގެ ވެބްސައިޓުން ލިބޭނެކަމަށްވެސް ބުންޏެވެ.

މި އުޞޫލުގެ ދަށުން ދިރާސާކުރުމުގެ ފުރުޞަތު ދެވޭނީ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ހެކިތައް، އެކަމަށް ޚާއްޞަކުރެވިފައިވާ ތަނެއްގައި، އެ އަމުރުގައި ބަޔާންކޮށްފައިވާ މިންވަރަށްކަމަށް ޕީޖީން ބުންޏެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

6833c862 7ca3 4e60 b95d 28922f7497bf

ފެރާންގެ ދެ ގޯލާއެކު ފުރަތަމަ މެޗުންވެސް ވިދާލައިފި

Images (9)

ސިޓީ މޮޅުވި މެޗުގެ ހުރިހާ ކަމެއް ފޯވަޑް އާލިން ހާލަންޑްގެ ބޮލަށް

HQZ7Q17aQAAiLFz

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަކީ މުހިންމު ސިޔާސަތެއް: ޚާރިޖީ ވަޒީރު

Big gUBkCRbGvOMS6EbvgKZG6P5V7

ވައިގެ މަގުން އެތެރެކުރަން އުޅުނު 3.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި