ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުޅި ސަރުކާރުގެ ސައިޒު ކުޑަކުރުން ބާރަށް ކުރިއަށްދޭ: ރައީސް

Raees Press
STO_Ads
TTH_Ads
Maldivian_Ads
Advertisement

މުޅި ސަރުކާރުގެ ސައިޒު ކުޑަކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މުވައްޒަފުން ކޮށްފައިވާ ޚިދުމަތަށާއި، ފަރުވާތެރިކަމަށް ބަލައި މުވައްޒަފުން މަދުކުރުމުގެ މަސައްކަތްކުރިއަށްދާކަމަށެވެ. މުޅި ސަރުކާރުގެ ސައިޒު ކުޑަކުރުން ހުއްޓުމެއްނެތި ހިނގަމުންދާކަމަށާއި، ކުރިއަށް އޮތްތަނުގައި ކުންފުނިތަކުންނާއި އެނޫންވެސް ގޮތްގޮތުން މަދުކުރެވުނު ޢަދަދު ހާމަކުރައްވާނެކަަމަށް ރައީސް ވިދާޅުވިއެވެ.

މުޅި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަރުހަލާ ކުރިއަށް އެބަދޭ. އެ މަރުހަލާ ނިމުނީމަ އޭގެތެރެއިން ވަރަށް ގިނަ ބޭފުޅުންގެ ވަޒީފާ އުވިގެންދާނެ. އެހެންވީމަ ސަރުކާރުގެ ސައިޒު ކުޑަކުރުމުގެ މަރުހަލާ އެބަ ހިނގާ.

HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ބައެއް މިނިސްޓްރީތައް މަދުކުރުމަކީ އެ މަސައްކަތުގެ ދަށުން އެޅި ފުރަތަމަ ފިޔަވަޅު ކަމަށާއި، ސިޔާސީ މުވައްޒަފުން މަދުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ނިމުމުން އޭގެ ތަފުސީލު އާންމުކުރައްވާނެކަމަށެވެ.

މިސަރުކާރު އުފެދުނުއިރު ކެބިނެޓުގައި 20 ވަޒީރުން ހިމެނިވަޑައިގެންނެވިނަމަވެސް، އެ ޢަދަދު މިހާރު ވަނީ 15އަށް މަދުކުރައްވާފައެވެ. ރައީސް ވިދާޅުވީ ވަޒީރުން ވަކިކުރައްވައި ކެބިނެޓު މިނިސްޓަރުގެ އަދަދު މަދުކުރެއްވީވެސް ސައިޒު ކުޑަކުރުމަށް ކުރެއްވި އެއް މަސައްކަތްތަކަމަށެވެ. އެކަން ކުރެއްވީ ވަޒީރުންގެ ޕާފޯމަންސަށްވެސް ބައްލަވާފައިކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ސައިޒު ކުޑަކުރައްވާނެކަަމަށް ރައީސް ވިދާޅުވެފައިވާއިރު، ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓު ދަށްކުރަންވެސް ވަނީ އަންގާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

6833c862 7ca3 4e60 b95d 28922f7497bf

ފެރާންގެ ދެ ގޯލާއެކު ފުރަތަމަ މެޗުންވެސް ވިދާލައިފި

Images (9)

ސިޓީ މޮޅުވި މެޗުގެ ހުރިހާ ކަމެއް ފޯވަޑް އާލިން ހާލަންޑްގެ ބޮލަށް

HQZ7Q17aQAAiLFz

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަކީ މުހިންމު ސިޔާސަތެއް: ޚާރިޖީ ވަޒީރު

Big gUBkCRbGvOMS6EbvgKZG6P5V7

ވައިގެ މަގުން އެތެރެކުރަން އުޅުނު 3.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި