ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯލްޑިވްސް 2.0 ސަމިޓް ހޯމަ ދުވަހު ބާއްވަނީ

STO_Ads
TTH_Ads

މޯލްޑިވްސް ޑިޖިޓަލް ސަރވިސް (އެމް.ޑީ.އެސް) އާއި ވޯލްޑްބޭންކް ގުޅިގެން މޯލްޑިވްސް ޑިޖިޓަލް ސަމިޓެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

މި ސަމިޓަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް ފަސްޓް ނޭޝަން ޓްރާންސްފޮމޭޝަން އެޖެންޑާ ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓެކެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނީ މި ސަމިޓް ބޭއްވުމަށް ތާވަލުކުރެވިފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ތިން ދުވަހުގެ މުއްދަތަކަށް ބާސެލޯ ނަސަންދުރައިގައި ކަމަށެވެ. މި ސަމިޓް ބޭއްވުމަށް މޯލްޑިވްސް ޑިޖިޓަލް ސަރވިސް އާއި ޑީމެޑް ޕްރޮޖެކްޓް ޓީމުން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، މި ސަމިޓަކީ މޯލްޑިވްސް 2.0 ގެ ރޯޑްމެޕްގައި ހިމެނޭ ހަރަކާތްތަކާއި، މޯލްޑިވްސް 52.0 ވިޝަން ޙާޞިލުކުރުމަށްޓަކައި މުޙިއްމު ދައުރެއް އަދާކުރާނެ ސަމިޓެކެވެ.

Maldivian_Ads

މީގެ އިތުރުން މި ސަމިޓަކީ، ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ އިނީޝިއޭޓިވްތައް އިތުރަށް ހަރުދަނާ ކުރުމަށް ދުނިޔޭގެ ލީޑަރުންނާއި ބައިނަލްއަޤްވާމީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ބައިނަލްއަޤްވާމީ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެކްސްޕާޓުން އެއްތަނަކުން ފެނިގެންދާނެ ސަމިޓެއްކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.

މި ސަމިޓުގެ މައިގަނޑު މަޤްޞަދުގެ ތެރޭގައި އިންސްޓިޓިއުޝަނަލް ކޯޑިނޭޝަން ހަރުދަނާ ކުރުމާއި ޕަބްލިކް ސަރވިސަސް ޒަމާނީ ކުރުމާއި ޑޭޓާ ޑްރިވަން ގަވަރނަންސް ޤާއިމުކުރުމާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތަކާއި ޢަމަލީ ގުޅުންތައް ބަދަހިކުރުން ހިމެނެއެވެ. މި ސަމިޓުގައި ބައިވެރިވާ ފަރާތްތަކުން ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ އާއި ޑިޖިޓަލް ހައުލަތެއް ބިނާކުރުމާ ގުޅޭގޮތުން އަލިއަޅުވާލުމާއި، ދުނިޔޭގެ އެންމެ ރަނގަޅު ގޮތްތަކާއި ޙަޤީޤީ ދުނިޔޭގެ ތަޖުރިބާތައް ޙިއްސާކުރުމަށް ހަމަޖެހިފައިވާކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.

މި ސަމިޓުގައި ބައިވެރިވަޑައިގަންނަވާ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ނޯޓެޑް ސްޕީކަރސް ތެރޭގައި ހިމެނެނީ:-

-މޮލްޑޯވާގެ ޑިޖިޓަލައިޒޭޝަންގެ ފޯރމަރ ޕްރައިމް މިނިސްޓަރ މިސްޓަރ އިއުރީ ޓުރްކާނޯ

– ސައުތު ކޮރެއާގެ ނޭޝަނަލް އިންފޮމޭޝަން ސޮސައިޓީ އޭޖެންސީގެ ވައިސް ޕްރެޒިޑެންޓް މިސްޓަރ އޫން ސިއޮކް

– ޔޫ.ކޭ ގަވަރމެންޓް ޑިޖިޓަލް ސަރވިސްގެ ފޯރމަރ ޕްރޮގްރާމް ޑިރެކްޓަރ މިސް ޖެސިކާ މެކްއެވޮއީ

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މޯލްޑިވްސް 2.0 ވެގެންދާނީ މުސްތަޤުބަލުގައި ދިވެހިރާއްޖޭގެ ތާރީޚު ބަދަލުކޮށްލާނެ މަސައްކަތަކަށް: ރައީސް

ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފި

ސިއްޙީ ޚިދުމަތްދޭ ހުރިހާ މަރުކަޒެއް އެއް ވިއުގައަކުން ގުޅާލަނީ

ޑިޖިޓަލް އައިޑެންޓިޓީ ބިލު ޑްރާފްޓުކޮށް އާންމުންގެ ޚިޔާލަށް ހުޅުވާލައިފި