ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިދިޔަ މަހު މަސް އެކްސްޕޯޓްކުރި މިންވަރަށް %35ގެ ކުރިއެރުމެއް

Big hmWVhn0dinyXdCcmhgyqG2uEy
Maldivian_Ads
STO_Ads
TTH_Ads
Advertisement

މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އިތުރުވެއްޖެއެވެ.

މޯލްޑީވްސް ކަސްޓަމްސް ސަރވސްއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު ރާއްޖެއިން ވަނީ 69 މިލިޔަން ރުފިޔާގެ މަސް އެކްސްޕޯޓުކޮށްފައެވެ. އަދި މިއަހަރުގެ ފެބުރުވަރީމަހު 51 މިލިޔަން ރުފިޔާގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ. އެހެންކަމުން މަހުން މަހަށް ބަލާއިރު މަސް އެކްސްޕޯޓުކުރި މިންވަރު ވަނީ %35 އިތުރުވެފައެވެ.

މައިގަނޑުގޮތެއްގައި ރާއްޖެއިން އެކްސްޕޯޓުކުރަނީ ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލިއެވެ. އެގޮތުން ކަޅުބިލަމަސް ގަނޑުކޮށްގެން، ތާޒާކޮށް، އަދި ދަޅުގައި ބަންދުކޮށްގެން ރާއްޖެއިން އެކްސްޕޯޓުކުރެއެވެ. ކަސްޓަމްސްއިން ތަފާސްހިސާބުތައް ދައްކާގޮތުން މާރިޗުމަހު ރާއްޖެއިން ދަޅުގައި ބަންދުކޮށްގެން ކަޅުބިލަމަސް އެކްސްޕޯޓުކުރި މިންވަރު ވަނީ %75 އިތުރުވެފައެވެ. އެގޮތުން ފެބުރުވަރީމަހު މި އަދަދު ހުރީ 29 މިލިޔަން ރުފިޔާގައެވެ. މިއަދަދު މާރިޗު މަހު ވަނީ 51 މިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.

HajjCop_ads
Advertisement

މާރިޗު މަހުގެ ހިސާބުތައް ދައްކާގޮތުން އެކްސްޕޯޓްކުރި ދަޅު މަސް 51 މިލިޔަން ރުފިޔާއަށް އަރައެވެ. އެކްސްޕޯޓްކުރި ގަނޑުކުރި ކަޅުބިލަ މަސް 8 މިލިޔަން ރުފިޔާއަށް އަރާއިރު ތާޒާ ކަންނެލި މަސް އެކްސްޕޯޓްކުރި މިންވަރު 6 މިލިޔަން ރުފިޔާއަށް އަރައެވެ.

ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. އެކްސްޕޯޓް އިތުރުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު