ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާރުކޭޓް އަޅާ ބިން މާދަމާގެ ނިޔަލަށް ހުސްކުރަން އަންގައިފި

20260422 165309
މާލޭ މާރުކޭޓު ކޮމްޕްލެކްސް އަޅާ ބިން | ފޮޓޯ: ޖަވިޔަނި
STO_Ads
Maldivian_Ads
TTH_Ads
Advertisement

މާލޭގެ މައި މާރުކޭޓުތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށްޓަކައި ތަރައްޤީކުރާ “މާލެ މާރުކޭޓް ކޮމްޕްލެކްސް” އެޅުމަށް ހަމަޖެހިފައިވާ ބިން، މާދަމާގެ ނިޔަލަށް އެއްކޮށް ހުސްކުރުމަށް މާލެ ސިޓީ ކައުންސިލަށް ފަހު މުހުލަތެއް ދީފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި އަހަރުގެ މާރިޗު މަހު ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މި މަޝްރޫޢަކީ މިހާރުގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. ނަމަވެސް، މަސައްކަތް ހަވާލުކުރިތާ 5 މަސް ދުވަސް ވެގެންދިޔައިރު ވެސް އަމަލީ މަސައްކަތް ނުފެށި ލަސްވަނީ، ސިޓީ ކައުންސިލުން އެ ބިން ހުސްކޮށް ސަރުކާރާ ހަވާލުނުކުރާތީ ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި ބިން ނުލިބި މަސައްކަތް ލަސްވަމުންދާތީ ކޮންޓްރެކްޓަރުގެ ފަރާތުން ކަންބޮޑުވުންތަކާއި ޝަކުވާތައް ލިބެމުންދާ ކަމަށް ވެސް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެ ވުޒާރާއިން ވިދާޅުވިއެވެ.

މި މަޝްރޫޢަށް މަގުފަހިކުރުމުގެ ގޮތުން، ތައިސޭ ކޮށީގެ ބިއްދޮށުގައި ވަނީ ވަގުތީ މާރުކޭޓެއް ޤާއިމުކޮށް، ވިޔަފާރިވެރިންނަށް ގޮޅިތައް ދޫކުރަން ފަށާފައެވެ. ކުރީގެ ލޯކަލް މާރުކޭޓުގައި 124 ގޮޅި ހިންގަމުން އައި ނަމަވެސް، ވަގުތީ ބިމުން މިހާތަނަށް ހަމަޖެއްސިފައިވަނީ 96 ގޮޅިއެވެ. ބާކީ ތިބި 28 ފަރާތަށް ގޮޅި ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރެވެމުންނެވެ.

HajjCop_ads
Advertisement

ޖުމްލަ 126.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މި ޒަމާނީ މާރުކޭޓު ކޮމްޕްލެކްސް އިމާރާތް ކުރަނީ 6 ފަންގިފިލާއަށެވެ. ބިމުގެ ބޮޑުމިނުގައި 15،525 އަކަފޫޓު ހުންނަ މި އިމާރާތުގެ ހުރިހާ ފަންގިފިލާއެއް އެއްކޮށް 95،000 އަކަފޫޓަށް ވުރެ ބޮޑު ޖާގައެއް ލިބިގެންދާނެއެވެ.

މި އިމާރާތް ނިމުމުން މަސްމާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓު އަދި ލޯކަލް މާރުކޭޓުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުވެގެންދާނެއެވެ. މިގޮތުން މުޅި އިމާރާތުގައި ޖުމްލަ 455 ގޮޅި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، އިމާރާތުގެ ބޭސްމަންޓުގައި 400 ސައިކަލް ޕާކުކުރެވޭނެ ޖާގަ ހިމެނޭއިރު، އެންމެ މަތީ ފަންގިފިލާ ޚާއްޞަކުރެވިފައިވަނީ ފުޑް ކޯޓަކާއި ކެފޭ/ރެސްޓޯރަންޓް ތަކަށެވެ.

ސަރުކާރުގެ އަމާޒަކީ އެއް އަހަރާއި އަށް މަސް ދުވަހުގެ ތެރޭގައި މި މަޝްރޫޢު އެއްކޮށް ނިންމާލުމެވެ. މިއީ މާލޭގެ ބާޒާރުމަތީ ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރުތީބުކޮށް، އެ ސަރަޙައްދުގެ މަގުތަކާއި ބަނދަރުގެ ޚިދުމަތްތައް ފަސޭހަކޮށް، ޚިދުމަތް ހޯދާ ފަރާތްތަކަށާއި ވިޔަފާރިވެރިންނަށް ލުއިފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާރުކޭޓް ކޮމްޕްލެކްސް އަޅާ ބިން މަސްދުވަހުގެ ތެރޭގައި ހުސްކުރަނީ

272522 3 44adeba479b3d7924e893a59a5f9c248bac0c7d4 large

މަސް މާރުކޭޓު ދޫކުރުމުގައި މައްސަލަތަކެއް ހުރުމުން އެއްބަސްވުން ބާތިލުކުރަނީ