ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދ. މީދޫ ކައުންސިލްގެ ރައީސްގެ އިންތިޚާބުގެ މައްސަލައިގެ އަޑުއެހުންތައް އަންނަ ހަފްތާގައި ފަށަނީ

43
TTH_Ads
STO_Ads
Maldivian_Ads
Advertisement

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓުގެ މައްސަލަ ހައިކޯޓަށް ބަލައިގަނެ، އަންނަ ހަފުތާގައި އަޑު އެހުންތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެ އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމްއަށް 393 ވޯޓު ލިބުނުނެވެ. އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ.

ނަމަވެސް، ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮށްޓަކަށް، ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާ މައްސަލައެއް ފާހަގަވެ، އެމްޑީއޭއިން އެ ކޮމިޝަނަށް މައްސަލަ ހުށަހެޅިއެވެ. ޕީއެންސީން ވެސް ވަނީ އެ ވޯޓު ގުނުމާ ގުޅޭ މައްސަލައެއް ހުށަހަޅާފައެވެ. އެއީ ބާތިލް ވޯޓެއް ސައްޙަ ވޯޓެއް ކަމަށް ކަނޑައަޅާފައި އޮތްކަމަށް ބުނެ ހުށަހެޅި ޝަކުވާއެކެވެ.

HajjCop_ads
Advertisement

އެ މައްސަލައިގައި އީސީގެ ކޮމްޕްލެއިންޓްސް ބިއުރޯގެ މެމްބަރުންގެ އިއްތިފާގުން ވަނީ، މައްސަލަ ޖެހުނު ވޯޓަކީ ސައްހަ ނޫން ވޯޓެއް ކަމަށް ކަނޑައަޅައި، ނަތީޖާއިން އެ ވޯޓު އުނިކުރުމަށް ނިންމާފައެވެ.

އެ ކޮމިޝަނުން އަލުން ވޯޓު ގުނުމުން އެއް ވޯޓުގެ ތަފާތުން ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ އެމްޑީއޭގެ ކެންޑިޑޭޓެވެ.

އެހެންވެ، ޕީއެންސީގެ ކެންޑިޑޭޓް ސުހާ ވަނީ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) ގެ ދަށުން، އިންތިޚާބަކާ ގުޅޭގޮތުން ނުވަތަ އިންތިޚާބެއްގެ ނަތީޖާއަކާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ، އެ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. އިންތިޚާބުތަކާބެހޭ ޢާއްމު ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، އިންތިޚާބީ މައްސަލަތައް ބެލުމުގެ ފުރަތަމަ މަރްޙަލާގެ އިޚްތިޞާޞް ލިބިގެންވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ. ހައިކޯޓުން ނިންމާ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިދާނެއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން، އިންތިޚާބީ މައްސަލައެއް ކޯޓަށް ހުށަހަޅަންވާނީ، އެ އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާންކުރާ ތާރީޚުން ފެށިގެން ގިނަވެގެން 14 ދުވަހުގެ ތެރޭގައެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި މީދޫ ވޯޓުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން ސުހާއަށް ލިބުނީ، 391 ވޯޓެވެ. ޝާހިދަށް 392 ވޯޓު ލިބުނު އިރު، އަމިއްލަ ގޮތުން ވާދަކުރި އިބްރާހީމް ނަސީމް، 100 ވޯޓު ހޯދިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

819055775 1138513282033794 4466413738168937404 n

މެސީގެ ވަދާޢީ ޖާރޒީ ދައްކާލައިފި

ޖަލުތަކުގެ ތާށިކަން ނައްތާލުމަށް 400 އެއްހާ ޖާގަ ވަނީ އިތުރުކުރެވިފައި: ޒަރީރު

Large thumb

ހޭންޑްބޯލް ރެފްރީން ތަމްރީނު ކުރުމުގެ ކޯސް ފަށައިފި

އަންހެނުންގެ ލޯންގކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް ޤައުމީ ރެކޯޑު މިރާލް އާކޮށްފި