ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓް ސައީދަށް ދީފި

43
STO_Ads
Maldivian_Ads
TTH_Ads
Advertisement

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރުމުގެ ޓިކެޓް ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހްމަދު ސައީދަށް ދީފިއެވެ.

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ސިނާން ޓިކެޓް ދޫކޮށްލައްވަން ނިންމެވުމާ ގުޅިގެން ޕްރައިމަރީގައި ސިނާނާ ވާދަކުރެއްވި އަހްމަދު ސައީދަށް ޓިކެޓް ދިނުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ. މިގޮތަށް ނިންމީ ބައި-އިލެކްޝަނަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާ މުއްދަތު ކައިރިވެފައިވާތީ އިތުރު ޕްރައިމަރީއެއް ބާއްވަން ވަގުތު ނެތުމުން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވިދާޅުވީ ޕާޓީގެ ޕްރައިމަރީ އިންސާފުވެރިކަމާއެކު އޮމާންކަންމަތީ ނިމިގެންގޮސް އޭނާއަށް ލިބުނު ކާމިޔާބަށް ޕާޓީގެ ރައީސާއި ލީޑާޝިޕުން ވިދާޅުވި މަރުޙަބާއަށް ޝުކުރުދަންނަވާކަމަށެވެ. ނަމަވެސް މިދިޔަ 3 ދުވަހު އެ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ގާތުން މަސައްކަތްކުރެއްވި ކަމަށާއި އެ މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕީއެންސީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އޭނާ ފަހަތަށްޖެހި އާ ބޭފުޅަކަށް ފުރުޞަތު ދީގެން ކަމަށް ފެންނަ ކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

އެހެންވެ އެގޮތަށް ނިންމަވައި އަންނަ ޖޫން މަހު ބާއްވާ ބައި-އިލެކްޝަންގައި ވާދަނުކުރަން ނިންމެވީ ކަމަށް ސިނާން ވިދާޅުވިއެވެ. އަދި މިގޮތަށް ނިންމެވި ނަމަވެސް ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕާޓީން ނުކުންނަ ކެނޑިޑޭޓެއް އިންތިޚާބު ކޮށްދިނުމަށް އޭނާގެ ފުރިހަމަ ބައިވެރިވުމާއި ފުރިހަމަ ދައުރު އެންމެ ފުޅާކޮށް އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށްވެސް ސިނާން ވިދާޅުވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 2347 (2)

ޕީއެންސީގެ ސިޔާސަތަކީ އަބަދުވެސް “ފުރަތަމަ ޤައުމު” އިސްކުރުން ކަމަށް ރައީސް ވިދާޅުވެއްޖެ

abdulraheem

ކާމިޔާބީ ގުޅިފައިވަނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރާ މަސައްކަތުގެ މައްްޗަށްކަމަށް: އަބްދުއްރަޙީމް

muiz

އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް، އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުން: ރައީސް

Download 2026 09 18T155550.812 1536x1024

ޕީއެންސީގެ އިސް މަގާމުތަކަށް އިންތިޚާބުވި ބޭފުޅުން ހުވާކުރައްވައިފި