ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނާ ދެކޮޅަށް ޓްރަމްޕް ފަށައިގެންއުޅޭ ޣައިރުގާނޫނީ ހަނގުރާމަ ހުއްޓުވަން ސެނޭޓަށް ހުށަހެޅި ފަސްވަނަ ގަރާރުވެސް ބޭރުކޮށްލައިފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ އަދި އެ ހަނގުރާމަ އިތުރަށް ކުރިއަށް ގެންދިއުން ހުއްޓުވަން އެމެރިކާގެ ސެނޭޓަށް ހުށަހެޅި 5 ވަނަ ގަރާރުވެސް ސެނޭޓުން ބޭރުކޮށްލައިފިއެވެ.

ޖުމްލަ 100 މެމްބަރުން ހިމެނޭ ސެނޭޓުގެ 46 މެމްބަރުން ގަރާރާ އެއްކޮޅަށް ވޯޓު ދިންއިރު، ގަރާރާ ދެކޮޅަށް 51 މެމްބަރުން ވޯޓުދިނެވެ.

ސެނޭޓުގެ ރުހުން ނެތި ހަނގުރާމައަށް ދިއުމާއި، އީރާނާ ދެކޮޅަށް ޓްރަމްޕް ފަށައިގެންއުޅޭ ހަނގުރާމަ ހުއްޓުވަން ސެނޭޓަށް ފަސްވަނަ ގަރާރުވެސް ހުށަހެޅީ އިދިކޮޅު ޑިމޮކްރޭޓުންގެ ފަރާތުންނެވެ.

HajjCop_ads
Advertisement

ގަރާރަށް ވޯޓަށް އެހުމުގެކުރިން މައިނޯރިޓީ ލީޑަރ ޗަކް ޝުމަރ ބުނީ، ހަނގުރާމަ ނިންމާލުމަށް ޓްރަމްޕް ހުސް ވައުދުތަކެއް ހުށަހަޅާތާ ހަފްތާތަކެއް ވެއްޖެ ކަމަށާއި، މިފަހަރުގެ ގަރާރަކީ ޓްރަމްޕް ހުއްޓުވަން ސެނެޓްގައި ހިމެނޭ ރިޕަބްލިކަން “ޕަޕެޓުންނަށް” ލިބޭ ފަސްވަނަ ފުރުސަތު ކަމަށެވެ.

ގަރާރުގައި ބުނެފައިވަނީ، އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފަށާނަމަ ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހޭނޭ ކަމަށެވެ. އަދި ކޮންގްރެސްގެ ހުއްދަނެތި އެމެރިކާގެ ރައީސް ޓްރަމްޕް މެދުއިރުމައްޗަށް ފޮނުވާފައިވާ ސިފައިންގެ ލަޝްކަރުތައް އަނބުރާ ގެނައުމަށްވެސް ގަރާރުގައި ގޮވާލާފައި ވެއެވެ.

ހަނގޔރާމަ ހުއްޓުވަން ޑިމޮކްރޭޓުން ސެނޭޓަށް ހުށަހެޅި ފަސްވަނަ ގަރާރުވެސް ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރުން ބްލޮކްކުރުމުގެ މާނައަކީ އެމެރިކާގެ ރައީސް ސިފައިން ފޮނުވައިގެން އީރާނުގައި ހިންގާ އުދުވާނަށް އެމީހުން ރުހޭކަން ހާމަވެގެންދާ ކަމެކެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ބޮންއަޅައި، އީރާނުގެ އެތައްހާސް ކުޑަކުދިންނާއި އާންމުން މަރައި، އީރާނަށް އުމްރާނީގޮތުން ބޮޑެތި ގެއްލުންތައް ދީފައިވާއިރު، އެއީ މައްސަލައެއް ކަމަށް ރިޕަބްލިކަނުން ނުދެކޭ ކަމެވެ.

ރިޕަބްލިކަން ޕާޓީން ގަރާރުތަކަށް ހުރަސްއެޅުމުގެ މާނައަކީ، މުޅި އީރާނު ގޮއްވާލާނޭ ކަމަށް އެމެރިކާގެ ރައީސް އިންޒާރުތައް ދެމުން ގެންދިއުމާއެކުވެސް، އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި، އެކަން ކުރުމާއިގެން ޓްރަމްޕް ކުރިއަށް ދެމުންގެންދާ ފެހި ސިގުނަލްތަކެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އަލުން ވިސްނުމަށް އެމެރިކާއިން އަންގައިފި

ހަކަތައާ ގުޅުންހުރި ތަންތަނަށް ހަމަލާނުދޭން ޔޫކްރެއިނާއި ރަޝިޔާ އެއްބަސްވެއްޖެ

އީރާނުން ގަލްފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތް: އެމެރިކާގެ ރައީސް

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި