ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔުނިފޯމް އެޅި މުއައްސަސާތަކުގެ މުވައްޒަފުންނާ ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ކޯޓަށް ހުށަހަޅަންޖެހޭގޮތް ހަދަނީ

43
STO_Ads
TTH_Ads
Advertisement

ޖިންސީ ފުރައްސާރައިގެ ޝަކުވާ ރައްދުވާ ފަރާތަކީ ޔުނިފޯމް އެޅި ޚިދުމަތެއްގެ މީހެއް ނަމަ، އެފަދަ މައްސަލަތައް ސިވިލް ކޯޓަށް ހުށަހަޅަންޖެހޭގޮތަށް ޖިންސީ ފުރައްސާރަ އާއި ގޯނާކުރުން ހުއްޓުވުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

އެފަދައިން އިސްލާހު ހުށަހަޅާ ސަބަބެއް ކަމަށް އެ ބިލްގައި ބަޔާންކޮށްފައި ވަނީ ރައްޔިތުންގެ އިތުބާރު އޮންނަ ބާރުވެރި މަގާމެއްގައި ހުރި ފަރާތަކަށްވާތީ، އެފަދަ މައްސަލަތައް ނިންމުމުގައި އެންމެ މަތީ މިންގަނޑުތަކުން ކަންކަން ބަލަންވާނެތީއެވެ. އެހެންވެ އެފަދަ އިދާރާއެއްގެ މުވައްޒަފެއްގެ މައްސަލަ ހުށަހަޅަންޖެހޭނީ ކޯޓަށް ކަމަށް ބިލްގައިވެއެވެ.

HajjCop_ads
MMA_Ads
Advertisement

އަލަށް ހުށަހެޅި އިސްލާހުގައި ވަޒީފާދޭ ތަންތަނުގައި އުފައްދާފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީތަކުން މައްސަލަ ބަލަންޖެހޭ އުސޫލުތައް ވަނީ ތަފުސީލުކޮށްފައެވެ. އެގޮތުން، ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް 60 ދުވަހުގެ ތެރޭގައި ބަލައި ނިންމަންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ. އަދި އިތުރު މުއްދަތު ބޭނުންވާނަމަ 30 ދުވަސް އިތުރުކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން މައްސަލަ ބަލައި ނިންމުމަށްފަހު ފިޔަވަޅެއް އަޅާނަމަ، އެކަން ފަސް ދުވަހުގެ ތެރޭގައި އަންގަންޖެހޭނެ ކަމަށް ވެސް އެ ބިލްގައިވެއެވެ.

އަލަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން، މައްސަލަ ބަލާ މުއްދަތުގައި ޝަކުވާ ރައްދުވާ ފަރާތް މުސާރަ ހިނގާގޮތަށް ސަސްޕެންޑު ކުރުމުގެ ބާރު ކޮމިޓީއަށް ލިބިގެންވެއެވެ. ކޮމިޓީގައި ދެ ޖިންސުގެ މެންބަރުން ހިމެނުން މި އިސްލާހުން ލާޒިމްކުރެއެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

ޑިޖިޓަލް އައިޑެންޓިޓީގެ ބިލު މަޖިލީހަށް ހުށަހަޅައިފި

majilis naib raees nazim

މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލަ އާދިއްތަ ދުވަހު

majilis

ނަން އިއްވި މެންބަރުން ނިކުންނަންދެން މަޖިލިސް މެދުކަނޑާލައިފި

majilis

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ރިފްއަތު އައްޔަން ކުރަން މަޖިލީހަށް