ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަޝީދު ބަލިކޮށް ޗެއާޕާސަންކަން ކާމިޔާބު ކުރައްވާނެ ކަމަށް މީކާއީލް ވިދާޅުވެއްޖެ

43
STO_Ads
TTH_Ads
Advertisement

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަލިކޮށް، ޗެއާޕާސަން ކަމުގެ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

“އިތުބާރު”ގެ ނަމުން ނަންދީފައިވާ މީކާއީލްގެ ކެމްޕޭން ލޯންޗުކުރުމަށް މިއަދު ބޭއްވި ހަފްލާގައި އޭނާ ވިދާޅުވީ ޗެއާޕާސަންގެ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމާމެދު އޭނާގެ ހިތުގައި އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

“އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެތް ނެތް މި އިންތިހާބު ކާމިޔާބު ކުރާނީ އިތުބާރު ކެމްޕޭން،” މީކާއީލް ވިދާޅުވިއެވެ.

HajjCop_ads
Advertisement

މީކާއީލް ވިދާޅުވީ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދުގެ ތާއިދާ އެކު ކަމަށެވެ. ނަމަވެސް މީކާއީލަށް ތާއީދު ކުރައްވާކަން އެ ދެ ބޭފުޅުން މިހާތަނަށް ވިދާޅުވެފައެއްނުވެއެވެ.

މީގެއިތުރުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އެމްޑީޕީގެ ގިނަ މަޖިލިސް މެންބަރުންގެ ތާއީދު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދާއި މީކާއީލްގެ އިތުރުން އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވެސް ޗެއާޕާސަން ކަމަށް ވާދަކުރައްވައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sstv FORM FOR EC

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އޮޅުވާލުންތަކެއް ހުރިކަމަށް މީކާއިލް ތުހުމަތުކުރައްވައިފި

H6txovzbmjojwefnjhdb

އެމްޑީޕީގެ މަގާމުތައް ކުރިން ބަހައިފިނަމަ ޕާޓީ ބައިބައިވުމުގެ ބިރު އެބައޮތް ކަމަށް މީކާއިލް ވިދާޅުވެއްޖެ

WhatsApp Image 2026 05 10 at 16.38.10

މީކާއީލްގެ ހޫނު ރައްދެއް ނަޝީދަށް: އާންމު މެންބަރުންނަށް މެޓާ ވަނީ ބޮޑުވަޒީރެއް ނޫން

43

މީކާއީލްގެ ވަރުގަދަ ރައްދެއް ނަޝީދަށް: މިއުޅެނީ ދައުލަތުގެ ބޯކިބާފޮތިން ބައެއް ހޯދާކަށްނޫން