ސައޫދީގެ އެންމެ ބޮޑު އަދި އަގުހެޔޮ އެއާލައިން ފްލައިނަސްގެ ދަތުރުތައް ރާއްޖެއަށް ފަށަން ތައްޔާރުވެއްޖެއެވެ. މި ދަތުރުރައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވަނީ  އަންނަ މަހުން ފެށިގެންނެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދުޗއަމީން ވިދާޅުވީ، މެދުއިރުމަތީގެ ހާލަތާ ގުޅިގެން ކުރިން 18 ނުވަތަ 19 ފްލައިޓެއް ކެންސަލްވި ނަމަވެސް، ސަރުކާރުން ކުރި މަސައްކަތުން އެމިރޭޓްސް، ގަތަރު އެއަރވޭސް އަދި އިއްތިހާދު އެއަރވޭސްގެ ދަތުރުތައް މިހާރު ވަނީ އަލުން ފަށާފައިކަމަށެވެ. އަދި ފްލައި ދުބާއީއާއި އެއަރ އަރަބިއާގެ ދަތުރުތައްވެސް ވަނީ ފަށާފައިކަމަށެވެ.

ވަޒީރު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ގެއްލުންވަނީ ހަމަ އެކަނި ރާއްޖެއަށް ނޫންކަމަށެވެ. އިތުރު ޤައުމުތަކަށްވެސް މިކަމުގެ ނޭދެވޭ އަސަރުތައް ކުރަމުންދާކަމަށާއި އެހެންނަމަވެސް ނިސްބަތުން ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމާއި އެއަރލައިންތަކުގެ އަދަދުތައް އިތުރު ކުރެވިގެންދާކަމަށް ފާހަގަ ކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

ވަޒީރު ވިދާޅުވީ މީގެ އިތުރުން އެއިރޯފްލޮޓް އަދި ޓާކިޝް އެއާލައިންގެ ފްރީކުއެންސީ އިތުރުކޮށްފައިވާއިރު، ބެލާވިއާ އަދި ފްލައިނާސް ފަދަ އެއަރލައިންތަކުންވެސް ދަތުރުތައް ފަށަން ނިންމާފައިވާކަމަށެވެ. އެގޮތުން ފްލައިނާސްގެ ދަތުރުތައް އަންނަ މަހުގެ 3 ގައި ރާއްޖެއަށް ފަށާނެކަމަށް ވިދާޅުވިއެވެ.

އަޅުގަނޑަށް އެޑިޝަނަލް ކެރިއަރަސްއެއް ގޮތުގައި ފާހަގަވެފައިއޮތަސް މިހާރު އޮޕަރޭޓްސް ކުރަމުންދާ އެއަރލައިންސްތަކުގެ ތެރެއިން ޓާރކިސް އެއިރޯފްލޮޓް މީގެ ވެސް ފްރިކުއެންސީ އިތުރު ކުރެވިގެން ގޮސްފި. އޭގެ އިތުރަށް ފްލައިނަސް އެއަރލައިންއިން މިހާރު ފަށަން އެ ތައްތާރުވަނީ ރިޔާދުން ފެށިގެން 3 މެއިން ފެށިގެން. ބެލާވިއާގެ އެއަރލައިންގެ ޗާރޓާޑް ޕްރޮގްރާމް އޮގަސްޓުމަހު ފެށިގެންދާނެ.

ވަޒީރު އަމީން ވިދާޅުވިއެވެ.

ފްލައިނާސްގައި މި ވަގުތު 67 އަށްވުރެ ގިނަ ބޯޓު އޮތްއިރު، މީގެ ތެރޭގައި ގިނައީ އައު އެއާބަސް ނިއޯ 320 ގެ ބޯޓުތަކެވެ.