ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު ގެންނަން މާރިޔާ ތާއީދު ކުރައްވައިފި

Igmh
TTH_Ads
STO_Ads

ކުރިޔަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެޕާޓީގެ ޗެއާޕާސަންއަކަށް ވާދަކުރައްވަން ނިންމަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ތާއީދުކުރައްވާކަން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދުދީދީ ހާމަކުރައްވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވަން ނިންމަވާފައިވާކަން ރައީސް ނަޝީދު ހާމަކުރެއްވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިއެވެ.

ނަޝީދުގެ މިނިންމެވުމާއެކު އެކްސްގައި މާރިޔާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ ކުރިޔަށް އޮތް އިންތިހާބަށް ތައްޔާރުވުމަށްޓަކައި ޕާޓީގެ ހިންގުން ހަވާލުކުރުމަށް އެންމެ ރަނގަޅު ފަރާތަކީ މިވަގުތު ނަޝީދު ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެގޮތުން ނަޝީދުގެ ތަޖުރިބާއާއި ހިންގުންތެރިކަމާއި ސިޔާސީ ވިސްނުންފުޅަކީ މިވަގުތު އެމްޑީޕީއަށް އެންމެ މުހިންމު ކަންތައްތައް ކަމުގައި މާރިޔާ ފާހަގަކުރެއްވި އެވެ.

Maldivian_Ads

މާރިޔާ އިތުރަށް ވިދާލުވީ ޕާޓީއަށް މުހިންމު މި ދަނޑިވަޅުގައި، ޕާޓީއަށް ބޭނުންވަނީ، އިތުބާރު ހިފޭ ޤައުމީ މަސްލަހަތާއި ކުރިއަށް އޮތް އުނދަގޫ މަގުގައި ޕާޓީ ގޮވައިގެން ދަތުރުކުރެވޭނެ ވަރުގަދަ ލީޑާޝިޕެއް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ނެރޭ ކެންޑިޑޭޓަކީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު