
ބ. ކެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޢަބްދުއްރަޙްމާންގެ ގެއްލިފައިވާ ސައިކަލު، އެ ރަށު ފަޅު ބޭރުން މޫދަށް އެއްލާލާފައި އޮއްވާ ފެނިއްޖެއެވެ.
ސައިކަލު ފެނިފައިވަނީ ރަށު ފަޅު ބޭރުން ގާތްގަނޑަކަށް 10 މީޓަރު އަޑީގައި އޮއްވައެވެ. ސައިކަލު މޫދުން ނަގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އިބްރާހީމް ޢަބްދުއްރަޙްމާން ތުހުމަތުކުރައްވާގޮތުގައި މިއީ ސިޔާސީގޮތުން އޭނައާ ވާދަވެރި ބަޔަކު ކުރި ކަމެކެވެ. އަދި އެކަންކުރީ ކޮން ބައެއްކަން އެނގޭ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވަނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށް، މިކަމުގައި ތުހުމަތުކުރެވޭ މީހުންގެ ނަންތައް ވެސް ފުލުހުންނާ ހިއްސާކޮށްފައެވެ.
އިބްރާހީމް ވިދާޅުވި ގޮތުގައި ސައިކަލު ފެނުނީ ރަށު ތެރެއިން ސައިކަލު ހޯދައި ނުފެނުމުން، ރަށުން ބޭރުން ފަޅުތެރެއާއި މޫދު ބަލަމުން ދަނިކޮށެވެ. މި ހާދިސާއާ ގުޅިގެން ކެންދޫގެ ރައްޔިތުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.







ކިޔުންތެރިންގެ ހިޔާލު