ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެއާއި އައްޑޫ ސިޓީ ކައުންސިލަށް މިނިސްޓަރު މުއްޠަލިބު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

43
STO_Ads
TTH_Ads
Advertisement

މާލެ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ފޭލްވެފައިވާ ދެ ކައުންސިލް ކަމަށް ވިދާޅުވެ، ހައުސިންގް، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު މިއަދު މަޖިލީހުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރަށްރަށުގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ސަރުކާރުގެ ވުޒާރާއެއްގެ ޒިންމާއެއް ނޫން ކަމަށާއި، އެއީ އެ ރަށެއްގެ އިންތިޚާބީ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ.

“ދައުލަތުން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް އައްޑޫ ސިޓީ ކައުންސިލަށް ދޭއިރު، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް މަރާމާތުކުރާނެ ނިޒާމެއް ނެތް ނަމަ، އަޅުގަނޑު ގަބޫލުކުރަނީ އެ ކައުންސިލް ފޭލްވެފައިވާ ކަމަށް،” މިނިސްޓަރު ވިދާޅުވިއެވެ.

MMA_Ads
HajjCop_ads
Advertisement

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައާއި މަގުތަކުގެ މަރާމާތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ކައުންސިލަށް ދޭ ބްލޮކް ގްރާންޓުގެ ބޭނުމާ މެދު ސުވާލު އުފައްދަވާފައެވެ.

“ކައުންސިލަށް ދޭ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ބޭނުމަކީ ކޮބައިތޯ؟ ކައުންސިލް އޮންނަންވީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަންތޯ؟ އެބޭފުޅުން ކުރައްވަނީ ކޮން ކަމެއްތޯ؟” މިނިސްޓަރު ސުވާލު ކުރެއްވިއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއަށް މާލެ ސިޓީ ކައުންސިލުން ހުރަސްއަޅާފައިވާ ކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވިއެވެ.

މަގުގެ އުތުރު ފަރާތުގައި ހުރި މާރުކޭޓެއް ނަގައިދޭން އެދި އެތައް ސިޓީއެއް ފޮނުވުމުން ވެސް އެކަން ކޮށްދީފައި ނުވާތީ، އެ ސަރަހައްދުގެ މަގު ހަދަން ޖެހުނީ ދުވާރު ނުލައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، މާރުކޭޓު ތަރައްގީކުރުމާ ގުޅޭގޮތުން ފޮނުވި ސިޓީއަށް ވެސް ކައުންސިލުން ޖަވާބު ދީފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr muthalib

ހިޔާ ވަހި ފައިނޭންސް ސްކީމްގެ ދަށުން އެއް ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފި

DSC

ޑްރާފްޓު އެޕްލިކޭޝަނާއެކު ފްލެޓަށް އެދި މިހާތަނަށް 37000އަށްވުރެ ފޯމު

Minister Muthalib

މާލޭ ސަރަހައްދުގައި މިހާރު ލިބެން ހުރި ބިމުން 10،700 ހައުސިންގ ޔުނިޓު އެޅޭނެ: މުއްތަލިބު

43

ތިލަމާލެ ބްރިޖުގައި އަޑިގުޑަންތަކެއް ހުރިކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރު މުއްތަލިބު ދޮގުކުރައްވައިފި