ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސުނާމީ ބިނާ ސަރަހައްދު މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

WhatsApp Image 2026 04 14 at 14.21.49
STO_Ads
TTH_Ads
Advertisement

މާލޭގެ ސުނާމީ ބިނާ ސަރަހައްދު މަރާމާތުކޮށް، އެ ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް އެމްޓީސީސީން ކުރިއަށްގެންދިޔަ މަޝްރޫއު ނިންމާލައިފިއެވެ.

އެ ސަރަހައްދުގެ ތޮށިގަނޑު ގިރަމުންދާތީ، ބާވެފައިވާ ޝީޓް ޕައިލްތައް ނަގައި، 75 މީޓަރުގެ ސަރަހައްދެއްގައި އަލުން ޝީޓް ޕައިލް ޖަހައި ވަނީ ވަރުގަދަކޮށްފައެވެ. އެ ސަރަހައްދުގެ އެއްގަމު ތޮށީގެ މަރާމާތުތައް ވަނީ އެއްކޮށް ނިންމާލާފައެވެ.

އެ ސަރަހައްދަކީ ކުޑަކުދިން ގިނައިން ޒިޔާރަތްކުރާ ތަނަކަށް ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަނީ ފެންސެއް ޖަހާފައެވެ. ސުނާމީ ބިނާ ވަނީ ކުރިން ހުރި ތަނުން އެ ސަރަހައްދުގެ އެހެން ދިމާލަކަށް ބަދަލުކޮށްފައެވެ.

HajjCop_ads
Advertisement

ހިނގާ މަގުތަކުގައި މީހުން އިށީނދެލައިގެން ތިބުމަށް އިތުރު ބެންޗުތައް ވަނީ ބަހައްޓާފައެވެ. އެ ސަރަހައްދުގެ ހިތްގައިމުކަން އިތުރުކުރުމަށްޓަކައި ގިނަ އަދަދެއްގެ ގަސް އިންދައި، އިތުރަށް ފެހިކޮށްފައިވެއެވެ.

މި މަސައްކަތަކީ މާލޭގެ ޕާކުތަކާއި އާންމު ހުސްޖާގަތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ބައެކެވެ. މި މަޝްރޫއުގެ އިތުރުން، ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާން އަދި ރަސްފަންނު ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތްތައް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީ ޕޯޓާއެކު މުދާ ހޭންޑަލް ކުރާ މިންވަރު 80000އިން 390000އަށް އިތުރުކުރާނެ

Saeed

މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކުރެވޭނެ ޑްރައި ޑޮކިން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ހުސެއިން އާދަމް ބިލްޑިންއިން ދޮށިމޭނާއާ ހަމައަށް އެއްގަމު ތޮށި ސިފައިންގެ ބޭނުމަށް ހާއްސަ

88887

ބާވެ ހަލާކުވެފައިވާ 9 ބަހެއް ނީލަމުގައި ވިއްކާލަން އެމްޓީސީސީން އިއުލާންކޮށްފި