ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ ކެބިނެޓަށް ގެންނެވި ބަދަލާއެކު 10 މިނިސްޓްރީއެއްގެ މެންޑޭޓަށް ބަދަލު އަތުވެއްޖެއެވެ.

އެމަނިކުފާނު ސަރުކާރު އެންމެ ފުރަތަމަ އެކުލަވާލާ 20 ވުޒާރާއަށް ވަޒީރުން އައްޔަންކުރެއްވިނަމަވެސް، އިއްޔެ ވަނީ ކެބިނެޓަށް ބޮޑޫ ބަދަލެއް ގެންނަވާފައެވެ. މިހާރު އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނެނީ ބަންޑާރަ ނައިބު ހިމެނޭހެން 15 ވަޒީރުންނެވެ. މީގެ ކުރިން ވަކި ވުޒާރާތަކެއްގެ ގޮތުގައި ހިންގެވި ވުޒާރާތައް ވަނީ އެއްކޮށްލައި ވުޒާރާތަކުގެ ޢަދަދު މަދުކުރައްވާފއެވެ. މިއާއެކު ރައީސް މުޢިއްޒުގެ ކެބިނެޓު ވެފައިވަނީ ފާއިތުވި ފަންސަވީހަކަށް އަހަރުގެ ތެރޭގައި އެކުލަވާލި އެންމެ ކުޑަ ކެބިނެޓަށެވެ.

މެންޑޭޓަށް ބަދަލު ގެންނެވި ވުޒާރާތައް:

އިޝްތިހާރު އިޝްތިހާރު

1. އެޑިއުކޭޝަން މިނިސްޓްރީއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

މިނިސްޓަރަކަށް އައްޔަންކުރެއްވީ ޑރ. އިސްމާޢީލް ޝަފީޢު

2. ހެލްތު މިނިސްޓްރީއާއި ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ

މިނިސްޓަރަކަށް އައްޔަން ކުރެއްވީ ގީލާ އަލީ

3. އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރާންސްޕޯޓް

މިނިސްޓަރަކަށް އައްޔަން ކުރެއްވީ މުހައްމަދު ސައީދު

4. ޔޫތު މިނިސްޓްރީއާއި ސްޕޯޓްސް މިނިސްޓްރީ

މިނިސްޓަރަކަށް އައްޔަންކުރެއްވީ އަބްދުﷲ ރާފިއު

5.  ފިޝަރީޒް އާއި އެނިމަލް ވެލްފެއާ މިނިސްޓްރީ އެއްކޮށްލަން ވަނީ ނިންމާފައި. އެކަމަކު އަދި ވަޒީރަކު އައްޔަން ނުކުރައްވާ

ޑިފެންސް މިނިސްޓަރަކަށް ވެސް އަދި ބޭފުޅަކު އައްޔަން ނުކުރައްވާ

ނިމިދިޔަ ކައުންސިލްތަކުގެ އިންތިޚާބަށްފަހު ސަރުކާރުގެ އެކި މަޤާމުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ.