ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައުޤާފުގެ ނިޒާމު ހަރުދަނާކޮށް، ޤާނޫނެއް ވުޖޫދުކުރާނަން: ޑރ. ޝަހީމް

DSC
މިނިސްޓްރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓްސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
TTH_Ads
STO_Ads
Advertisement

އައުޤާފުގެ ނިޒާމު ހަރުދަނާކޮށް އައުޤާފު ޤާނޫނެއް ވުޖޫދު ކުރަން މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރޭ ކެބިނެޓަށް ގެންނެވި ބަދަލުގެތެރެއިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މެންޑޭޓަށް ގެންނެވި ބަދަލުތަކާއި ގުޅިގެންނެވެ. އެ ވުޒާރާގެ ނަމަށް ގެނެވުނު ބަދަލާއެކު، އިސްލާމީކަންތައްތަކާ ބެހޭ އެންމެހާ މަސައްކަތްތަކާއި ދިވެހިރާއްޖޭގައި އައުޤާފްގެ ދާއިރާއިން ކުރެވޭ މުހިއްމު ހުރިހާ މަސައްކަތް ކުރިއަށް ދާނީ އެ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. މިއީ އައުޤާފްތައް ފުޅާ ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކުރައްވަމުން ގެންދަވާ މަސަައްކަތްޕުޅަށް އިތުރު ކުރިއެރުން އަންނާނެ ކަމެއްކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީގެ މެންޑޭޓާ ގުޅޭގޮތުން މިނިސްޓަރ ޝަހީމް ވިދާޅުވީ، ދިވެހި ރާއްޖޭގައި އައުޤާފު މަޝްރޫޢުތައް އިތުރުކޮށް އައުޤާފުގެ ނިޒާމު ހަރުދަނާކޮށް އައުޤާފު މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކޮށް، އައުޤާފު ޤާނޫނެއް ވުޖޫދު ކުރަން މަސައްކަތްކޮށް ރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށްހަދާނެކަމަށެވެ. އަދި ރައީސް ޑރ މުއިއްޒުގެ މެނިފެސްޓޯގައި އައުޤާފާ ބެހޭ ގޮތުން ބަޔާންވެފައިވާ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް މަސައްކަތްކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

HajjCop_ads
Advertisement

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އައުޤާފް ވުޒާރާ އުފެދުނީ 1932 ވަނަ އަހަރުގައެވެ. މިއަދު މި ބަދަލު މި ގެނެވުނީ އައުޤާފަށް ޚާއްސަ ވުޒާރާއެއް އުފެދިފައި ނެތްތާ އަހަރުތަކެއް ފަހުންނެވެ.

ތާރީޚުން އެނގެން އޮތް ގޮތުގައި، ދިވެހިރާއްޖޭ އިސްލާމްވީއްސުރެ އިސްލާމީ ވަޤުފުގެ ކަންކަން ދިވެހިރާއްޖާގައި ވަރަށް ފުޅާާދާއިރާއެއްގައި ހިނގާފައިވެއެވެ. މިކަމުގެ ހެއްކެއްގެ ގޮތުން 22 ޑިސެމްބަރު 1932 ގައި ދިވެހިރާއްޖޭގައި ޤާނޫނުއަސާސީއެއް ހިންގަން ފެށި އެންމެ ފުރަަތަމަ އުފެދުނު ވުޒާރާތަކުގެ ތެރޭގައި ވުޒާރަތުލް އައުޤާފު ހިމެނެއެވެ. ވުޒާރަތުލް އައުޤާފު ހިނގަމުންދިޔައީ 22 ޑިސެންބަރު 1932 އިން 29 އޮކުޓޫބަރު 1961 އަށެވެ.

އިސްލާމީ ކަންކަމާއި ބެހޭގޮތުން 1932 ގައި 2 ވުޒާރާ އުފެދިފައިވާކަމަށް ތާރީޚުތަކުން ހެކިދެއެވެ.  ވަޒީރުލްޙައްޤާނިއްޔާގެ މަޤާމުގައި ހުންނެވީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީންއެވެ. އެއީ  ދީނީ ޝިޢާރުފާޅުކުރެއްވުމާއި ބެހޭ ވަޒީރެވެ. އަދި ވަޒީރުލްއައުޤާފު އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުއެވެ. އެއީ އިސްލާމީ ވަޤުފު ކަންކަމުގެ ވަޒީރެވެ.

14 އޭޕްރިލް 2026 ވީ އަންގާރަ ދުވަހު، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިވަނީ އައުޤާފަށް ޚާއްސަ ވުޒާރާއެއް އުފައްދަވާ އެ ވުޒާރާގެ ވަޒީރުގެ މަޤާމަށް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އައްޔަން ކުރައްވާފައެވެ. މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އިސްލާމީ ވަޤުފުގެ ދާއިރާއަށް ދެއްވާ އަހައްމިއްޔަތު ހާމަވެގެންދާކަމެކެވެ. އަދި މި ދާއިރާއިން އިތުރު ކުރިއެރުން ދިވެހިރާއްޖެއަށް ގެންނެވުމަށް ނިންމެވި މުހިއްމު ނިންމެވުމެކެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި

Photo 2026 04 29 16 29

ޤައުމީ ޔުނިވާސިޓީން އަންނަނީ އިލްމީ އައު އުސްމިންތަކަށް ވާސިލުވަމުން: ޑރ. ޝަހީމް

Dr shaheem

އިންސާނާގެ އަބުރާ ކަރާމާތަކީ އެންމެ މަތީ ޝާރަފު: ޑރ. ޝަހީމް

IMG

އިސްލާމީ ދާއިރާއިން މަސައްކަތްކުރުމަށް އިންޑިނޭޝިޔާއާއެކު މުހިންމު މަޝްވަރާތަކެއް