ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލުބުނާނުން ހިޒްބުﷲ “ނައްތާލުމުގެ” ރަސްމީ ވާހަކަތައް ފަށަން ލުބުނާނާއި އިސްރާއީލުން އެއްބަސްވެއްޖެ

ވާހަކަތަކުގެ ބައިވެރިން އެމެރިކާގެ ޚާރިޖިއްޔާގައި:
STO_Ads
TTH_Ads
Advertisement

ލުބުނާނާއި އިސްރާއީލާ ދެމެދު ވޮޝިންޓަންގައި ބޭއްވި އެއްދުވަހުގެ ސީދާ ވާހަކަތައް ނިންމާލައިފިއެވެ.

މިއީ، 1982 ގެ ފަހުން އިސްރާއީލާއި ލުބުނާނާ ދެމެދު ސީދާ ވާހަކަތައް ބޭއްވި ފުރަތަމަ ފަހަރެވެ. ވާހަކަތައް ބޭއްވީ އެމްބަސެޑަރުން ފެންވަރުގައެވެ.

ލުބުނާނުގެ ފަރާތުން ވާހަކަތަކުގައި ބައިވެރިވީ ލުބުނާނުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ އެމްބަސެޑަރ ނަދާ ހަމްދީއެވެ. އިސްރާއީލުގެ ފަރާތުން ވައިވެރިވީ، އިސްރާއީލުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ އެމްބަސެޑަރ ޔެޝީލް ލެއިޓަރއެވެ.

HajjCop_ads
MMA_Ads
Advertisement

މީގެއިތުރުން، އެމެރިކާއިން ލުބުނާނަށް ކަނޑައަޅާފައި ހުންނަ އެމްބަސެޑަރ މިޝެލް އީސާއާއި، ކައުންސެލަރ މައިކަލް ނީދަމްވެސް ވާހަކަތަކުގައި ބައިވެރިވިއެވެ.

އެމެރިކާގެ ޚާރިޖިއްޔާގައި ކުރިއަށް ގެންދިޔަ ވާހަކަތަކުގައި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯވެސް ބައިވެރިވިއެވެ. ވާހަކަތައް ކުރިއަށްދިޔައީ އޭނާގެ ރިޔާސަތުގެ ދަށުންނެވެ.

ލުބުނާނާއި އިސްރާއީލާ ދެމެދު ސީދާ ވާހަކަތައް ބޭއްވިއިރު، ވާހަކަތަކުގައި ހިޒްބުﷲ ބައިވެރި ކޮށްފައެއް ނުވެއެވެ.

އެމްބަސެޑަރުންގެ ފެންވަރުގައި ބޭއްވި ވާހަކަތަކުގައި މަޝްވަރާ ކޮށްފައިވަނީ ހިޒްބުﷲގެ އަތުން ހަތިޔާރު އަތުލައި، ލުބުނާނުންވެސް ހިޒްބުﷲގެ ނުފޫޒު ނައްތާލައި އިސްރާއީލާއި ލުބުނާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރުމާ ގުޅޭގޮތުންނެވެ.

ހިޒްބުﷲއަކީ ލުބުނާނުގައި ހަމައެކަނި ހަތިޔާރުއެޅި ގްރޫޕެއް ނޫނެވެ. ލުބުނާނުގެ ސިޔާސީ މައިދާނުގައި ހިޒްބުﷲގެ ނުފޫޒު ވަރަށް ބޮޑެވެ. ލުބުނާނު ޕާލަމެންޓާއި، ސަރުކާރުގައި ހިޒްބުﷲގެ މެމްބަރުން ތިބެއެވެ. ހިޒްބުﷲގެ ރުހުން ނެތް މީހަކަށް ލުބުނާނުގެ ބޮޑުވަޒީރުކަމަށް އައުމަކީވެސް ދަތިކަމަކަށް އޮންނަނީ ވެފައެވެ.

އެމެރިކާގެ ފިއްތުންތަކާހެދި ލުބުނާނު ސަރުކާރުން އިސްރާއީލާ ވާހަކަ ދައްކަން މިފަހަރު ވޮޝިންޓަނަށް ވަފުދެއްގޮސް ވާހަކަތައް ދައްކަމުން ދިޔައިރުވެސް އިސްރާއީލުން ގެންދިޔައީ ލުބުނާނުގެ ދެކުނަށް ވަރުގަދައަށް ބޮންއަޅައި އާންމުން މަރައި، ތަންތަން ގޮއްވަމުންނެވެ.

ވާހަކަތަކުގައި، އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް ހުއްޓާލުމުގެ ވާހަކައެއް ނުހިމެނެއެވެ.

ވޮޝިންޓަންގައި ބޭއްވި ވާހަކަތަކަށްފަހު އެމެރިކާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެވޭ ދުވަސްތަކެއްގައި، އެއްބަސްވެވޭ ތަނެއްގައި ރަސްމީ ވާހަކަތައް ބާއްވަން އެއްބަސް ވެވުނު ކަމަށެވެ.

ލުބުނާނު ސަރުކާރުން އިސްރާއީލާ ވާހަކަ ދައްކަން ދިޔައީ ހިޒްބުﷲއިން އެކަމާ ދެކޮޅު ހަދަމުން ގެންދަނިކޮށްވެސް މެއެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުން އަލަށް އުފެއްދި، ސްޕީޑް އަވަސް “27 ރަޖަބް” މިސައިލް ބޯޓު އާންމުކޮށް ދައްކާލައިފި

ހިޒްބުﷲ ޖަމާއަތުން އިސްރާއީލުގެ އުތުރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެނީ

ޣައްޒާގެ ބިމުގެ 70 އިންސައްތަ ފޭރިގަންނަން، މުޖުރިމު ނަތަންޔާހޫ އޭނާގެ ސިފައިންނަށް އަމުރުކޮށްފި

ހުއްދަނެތި ހޮރްމޫޒު ހުރަސްކުރަން އުޅުނު ހަތަރު އުޅަނދަކަށް އީރާނުން މިސައިލް ހަމަލާތަކެއް ދީފި