ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލިޓަން މަރާލިކަން ނިޒާމްގެ މައްޗަށް ސާބިތުވެއްޖެ

43
TTH_Ads
STO_Ads
Advertisement

ވީނުވީ ނޭނގި ގެއްލިފައިވާ ބިދޭސީއެއްގެ މައްސަލާގައި ދައުލަތުން ދައުވާކުރި ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމްގެ މައްޗަށް މަރުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލިޓަން ގެއްލުނީ ޑިސެމްބަރު، 2022 ގައި ވިލިމާލެއިން ފުރިފަހުންނެވެ. ދައުލަތުން ކުރި ދައުވާގައިވާގޮތުން ނިޒާމް ވަނީ ލިޓަން ކަނޑަށް ވައްޓާލައި މަރާލާފައެވެ.

ކްރިމިނަލް ކޯޓުން މިއަދު ވަނީ ދައުލަތުން ނިޒާމްގެ މައްޗަށް ކުރި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ. އެ މައްސަލައިގެ އަދަބު ކަނޑައެޅުން އެހެން ދުވަހަކަށް ވަނީ ފަސްކޮށްފައެވެ.

HajjCop_ads
Advertisement

މީގެއިތުރުން ލިޓަން މަރާލުމަށްފަހު އޭނާގެ ފައިސާ ވަގަށް ނެގި ކަމުގެ ދައުވާ ވެސް ދައުލަތުން ކުރިއެވެ. އަދި އެ ދައުވާ ވެސް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ނިޒާމް ހައްޔަރުކުރީ އެ ހާދިސާއަށްފަހު ލިޓަން އާއި ނިޒާމް ގެއްލިގެން ހޯދަނިކޮށް މާލެއިންނެވެ. ނިޒާމް މާލެއިން ފެނުމުންނެވެ. ނިޒާމް ތަހުގީގުގައި ވަނީ ކުށަށް އިއުތިރާފްވެފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ލިޓަން މަރާލުމުގެ ކުށުގައި ނިޒާމް 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

43

11 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހުންގެ ބަންދަށް 30 ދުވަސް

43

ޑްރަގްގެ މައްސަލައެއްގައި ހުކުމްކުރަން މީހަކު ހޯދަނީ

43

ސާހިލްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފި