ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޚަރަދު ކުޑަކުރުމަށް އެމްޕީއެލް އިން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފި

43
TTH_Ads
Maldivian_Ads
STO_Ads
Advertisement

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް އެމްޕީއެލް އިން ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.

އެމްޕީއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެ ކުންފުނިން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހަ ބަދަލެއް ގެނެސްފައިވާ ކަމަށެވެ.

އެމްޕީއެލުން އެޅި ފިޔަވަޅުތައް

  • ޝިޕްޓް އުސޫލުން މަސައްކަތްނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑި ކުރުކުރުން. އެ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 7:30 އިން މެންދުރު ދެއަކަށް ކަމަށް ކަނޑައެޅުން. ކުރިން އެ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 7:30 އިން ހަވީރު 3:30.
  • އޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު އަށް ގަޑިއިރަށް ވުރެ އިތުރުނުކުރުން.
  • ރާއްޖެ އިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުން. އެ އިދާރާ އިން ބުނީ ބޭރުގެ ފަރާތްތަކުން ދަތުރުގެ ހުރިހާ ހަރަދެއް ހަމަޖައްސާ ދަތުރުތަކުގައި ވެސް ކުންފުނިން ކުރާ ހަރަދު ވީހާވެސް ކުޑަކޮށް، ރާއްޖެއިން ބޭރުގައި ތިބި ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުވުންތައް ބާއްވަން ނިންމާފައިވާ ކަމަށް.
  • ރާއްޖެއިން ބޭރަށް މުވައްޒަފުން ފޮނުވައިގެން ކުރިއަށް ގެންދާ ތަމްރީނުތައް މިވަގުތަށް ހުއްޓާލައި އެފަދަ ޕްރޮގްރާމުތަކުގައި އޮންލައިންކޮށް ބައިވެރިވުން.
  • މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026 ފަސްކުރުން. އެއީ މިމަހުގެ 15 ގައި ބޭއްވުމަށް ކުރިން ތާވަލުކޮށްފައި އޮތް ކޮންފަރެންސެއް ނަމަވެސް މިހާރު ނިންމާފައި ވަނީ އަންނަ އޮކްޓޫބަރު 5 ގައި ބޭއްވުމަށް.
  • ކަރަންޓުގެ ޚަރަދުތައް ކުޑަކުރުން.

ޚަރަދު ކުޑަކުރުމަށް އޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު 8 ގަޑިއިރަށް ވުރެ އިތުރު ނުކުރުމަށް ނިންމި ނަމަވެސް މާލޭ ވިޔަފާރި ބަނދަރުގެ މުދާ ބޭލުމާއި މުދާ ކްލިއާކުރުމުގެ މަސައްކަތްތައް ހިނގާ ވަގުތުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

HajjCop_ads
Advertisement

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިގުތިސާދީ ގޮތުން ހަރަދު ކުޑަކުރުމުގެ ގޮތުން އިތުރު އަދި ބޮޑެތި ފިޔަވަޅުތަކެއް އަޅަން ދައުލަތުގެ ކުންފުނިތަކަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އިއްޔެ ވަނީ އަންގާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ha. Uligan

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

MPL

އެމްޕީއެލްގެ ހަރަދު ކުޑަކޮށް ސާފު ފައިދާ ދެގުނަ އިތުރުކޮށްފި

GlxArJuaYAE0be5 1024x683

އެމްޕީއެލަށް މިދިޔަ އަހަރު ލިބުނު ފައިދާ އިތުވެއްޖެ

ވިޔަފާރި ބަނދަރު ވެގެންދާނީ އެންމެ ޒަމާނީ، ލޮޖިސްޓިކް އަދި މެރިޓައިމް ޚިދުމަތްތަކަށް ފަހި ބަނދަރަކަށް