ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް މިއަހަރުތެރޭ އީ-އިންވޮއިސް ސިސްޓަމް ތައާރަފްކުރެވޭނެ: މީރާ

mira
STO_Ads

ޓެކްސް ދައްކާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް ތައާރަފްކުރާ އީ-އިންވޮއިސް ސިސްޓަމުގެ މަސައްކަތް މިއަަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ ޓެކްސް އިދާރާ މީރާއިން ވިދާޅުވީ، މި ނިޒާމަކީ ޓެކުހުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަކަށް ގެންދިއުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

“މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން އަޅުގަނޑުމެން މިދަނީ މިކަމާ ގުޅޭ ފްލިމިނަރީ ރިވިއުއެއް ހަދާ އަޅުގަނޑުމެންނަށް އެންމެ އެކަށީގެންވާ މޮޑެލްއަކީ ކޮބާތޯ ބަލާ ދިރާސާތައްކޮށް، އަދި އަޅުގަނޑުމެން މިކަމަށް ބޭނުންވާ އެހެނިހެން ކަންކަމަށް ތައްޔާރުވެ މިއަހަރުގެ ތެރޭގައި މި މަސައްކަތް ފަށާ، ނިންމާލުން. އަޅުގަނޑުމެންނަށް ތަންފީޒުކުރެވޭނެ މަގުސަތުގައި މަސައްކަތްތައް މި ކުރިއަށްގެންދަނީ.” އަމީޒާ

Maldivian_Ads

“ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާ ވިދާޅުވީ، އީ-އިންވޮއިސް ސިސްޓަމަކީ ޓެކްސް ދައްކާ ފަރާތްތަކުން ގެންގުޅޭ ހުރިހާ ލިޔެކިޔުންތަކާއި މުއާމަލާތްތައް ސީދާގޮތުން މީރާއަށް ބެލޭނެ ނިޒާމެއް ކަމަށެވެ. މިއީ ދުނިޔޭގެ ތަރައްޤީވެފައިވާ ޓެކްސް ނިޒާމުތަކުގައިވެސް ބޭނުންކުރަމުންދާ އެންމެ ފުރިހަމަ އެއް ސިސްޓަމްކަން އޭނާ ފާހަގަކުރެއްވިއެވެ.

އަމީޒާ ވިދާޅުވީ، މި ނިޒާމު ގާއިމުކުރުމަށްޓަކައި މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ދިރާސާތައް ކުރަމުންދާ ކަމަށެވެ.

މިއީ ޓެކްސް ނިޒާމު ތަރައްޤީކުރުމުގެ އެންމެ އުސްމިންގަނޑަށް ބަލާއިރު ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމަށްވެސް އަމީޒާ ސިފަކުރެއްވިއެވެ. އަދި އީ-އިންވޮއިސް ނިޒާމު ތައާރަފްވުމުން ޓެކްސް ދައްކާ ފަރާތްތަކަށާއި މީރާއަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބި، މުޅި ޕްރޮސެސް ހަލުވިވެގެންދާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މިއީ ރާއްޖޭގެ ޓެކްސް ނިޒާމު ޑިޖިޓަލައިޒްކޮށް، ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އަމީޒާ ފާހަގަކުރެއްވިއެވެ.

ކޯވިޑް-19 ގެ ފަހުން ޓެކްސް ދައްކާ ފަރާތްތަކުގެ ކޮމްޕްލަޔަންސް ނުވަތަ ގަވާއިދަށް ބޯލެނބުމުގެ މިންވަރު ދަށްވެފައިވާކަންވެސް އަމީޒާ ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، މިދިޔަ އަހަރުން ފެށިގެން އެ މިންވަރު މަތިކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިގޮތުން އެންމެ ބޮޑަށް މައްސަލަ ދިމާވާ އިންޑަސްޓްރީތައް ފާހަގަކޮށް، އެ ފަރާތްތަކާ ގާތުން މަޝްވަރާކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާ ވިދާޅުވިއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

mira

އިންކަމް ޓެކްސްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ

mira

ޖެނުއަރީ މަހު ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް، ޖުމްލަ އާމްދަނީ %33.1 މައްޗަށް

mira

އާމްދަނީ ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި