ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ އެތެރޭގެ ކޯޅުން: އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަގާމުން ވަކިކޮށްފި

988
TTH_Ads
STO_Ads

އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައުރޫފް މިއަދު ވަކިކޮށްފިއެވެ.

އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ސޮއި ކުރައްވައި މައުރޫފަށް ފޮނުވި ސިޓީއެއްގައި ވަނީ ލީގަލް ޑިރެކްޓަރުގެ މަގާމުން މިއަދުން ފެށިގެން މައުރޫފް ވަކިކޮށްފައިވާ ކަމަށެވެ.

މައުރޫފް މަގާމުން ވަކިކުރި ސަބަބެއް އެ ސިޓީގައި ފާހަގަކޮށްފައެއްނުވެއެވެ.

Maldivian_Ads

މައުރޫފަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް ޑިޕާޓްމަންޓުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އޭނާ ވަކިކޮށްފައި މިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަނާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނާ ދެމެދު ބޮޑެތި ކޯޅުންތަކެއް ހިނގަމުން އަންނަ ދަނޑިވަޅެއްގައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި ނަޝީދަށް ވާހަކަފުޅު ދައްކަވަން ފުރުސަތު ނުދިން މައްސަލާގައި ސޯޝަލް މީޑިއާގައި މައުރޫފް ވަނީ ޕޯސްޓެއް ވެސް ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ބޮޑަކަމަކީ ނާކާމިޔާބީ އަށް މަގުފަހިވާ ކަމެއް ކަމަށާއި މަޑުމައިތިރިކަން އިސްކޮށް، މީހުންނަށް ޝުކުރުވެރިވުމާއި އުއްމީދު ދީ، މަގު ދައްކައިދޭންޖޭހެ ކަމަށެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

civil service office

ޕޭ ފްރޭމްވަރކަށް ހިޖުރަކުރި އިދާރާތަކުން ފާހަގަކުރި މައްސަލަތައް މިދަނީ ޙައްލުކުރަމުން: ޕޭ ކޮމިޝަން

43

ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމާފައިވާ އެއްވެސް ބޭފުޅަކަށް ތާއީދު ނުކުރަން: މީކާއީލް

ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު، އެމެރިކާގެ ރައީސް އިތުރުކޮށްފި

ލ. ހިތަދޫގައި ޒުވާނަކު ގެނބިގެން މަރުވެއްޖެ