ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިރާގު މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ދީފި

Ads_mulhiraajje

ދިރާގު މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ދީފިއެވެ.

ދިރާގުން ބުނީ އެ ހަފުލާއަކީ އެ ކުންފުނީގެ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައިވާ މުވައްޒަފުންގެ ހީވާގި މަސައްކަތާއި ހުނަރުވެރިކަން ފާހަގަކޮށް އަގުވަޒަން ކުރުމަށް ބޭއްވި ހާއްސަ ހަފްލާއެއް ކަމަށެވެ.

މި އެވޯޑް ހަފުލާއަކީ ދިރާގަށް ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި މަސައްކަތުގެ މައިދާނުގައި ނަމޫނާ ދައްކައިފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ދިރާގުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ހަފްލާއެކެވެ.

Maldivian_Ads

މިއީ އެކުންފުނީގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް އެހީތެރިވެދިނުމާއި، ކުރިއެރުމަށް މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ބާއްވާ ހަފްލާއް ކަމަށް ދިރާގުން ބުނެއެވެ. މި ހަފުލާގައި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަހުމަދު އާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދުގެ އިތުރުން އެ ކުންފުނީގެ ބޯޑް ޑިރެކްޓަރުންނާއި ވެރިން އަދި ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި ހަފްލާގައި ދިރާގަށް ދިގު މުއްދަތައް ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދައިފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް، 87 މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ.

އެއީ ދިރާގަށް 10 އަހަރު، 15 އަހަރު އަދި 25 އަހަރު ހިދުމަތްކޮށްފައިވާ 53 މުވައްޒަފުންނަށް އެވޯޑް ހަވާލުކުރި ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މިދިޔަ އަހަރު ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ 34 މުވައްޒަފުންނަށް ވެސް ވަނީ އެވޯޑް ހަވާލުކޮށްފައެވެ.

އޭގެ ތެރޭގައި ދެ އައުޓްސްޓޭންޑިން ލީޑާސް އެވޯޑް، 14 ޑިވިޝަނަލް މެރިޓް އެވޯޑް، 10 ސްޕެޝަލް މެރިޓް އެވޯޑް އަދި ތިނެއް ޕްރޮޖެކްޓަކުން އަށް މުވައްޒަފުންނަށް އިނޮވޭޝަން އެވޯޑް ހާސިލުކޮށްފައިވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ދިރާގުން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ ‘ޗެއާޕާސަންސް އެވޯޑު’ ހާސިލުކޮށްފައިވަނީ ކޮންސިއުމާ ސާވިސަސްގެ ހަލަފް މުހައްމަދު ނާފިޒެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުން މަސައްކަތުގެ މައިދާނަށް ނުކުތް ހަލަފަކީ، މިއަދު އެ ކުންފުނީގައި ހީވާގި ކަމާއެކު މަސައްކަތްކުރަމުންދާ ފާހަގަކޮށްލެވޭ އަދި ނަތީޖާ ނެރޭ މުވައްޒަފެއް ކަމަށް ދިރާގުން ބުންޏެވެ.

“ހަލަފް ވަނީ ބާޒާރުގެ ބޭނުންތަކަށް އަވަހަށް އިޖާބަދީ، މި މަސައްކަތްތައް އިތުރަށް ހަލުއިކުރެވޭނެ ޕްލެޓްފޯމެއް ތަސައްވުރުކޮށް، އެ ޕްލެޓްފޯމް ގާއިމްކުރުމުގައި މުހިންމު ދައުރެއް އަދާކޮށް، އެ ޕްލެޓްފޯމްގެ އެހީގައި ކުންފުންޏައް އިތުރު ފައިދާތައް ހޯދައިދީފައި،” ދިރާގުން ބުންޏެވެ.

ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމުގައިވާ ދިރާގުން ދަނީ އެ ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މުވައްޒަފުން ކުރަމުންދާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުންނެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދިރާގު “ގުޑި ފެސްޓު” މިއަދު ހަވީރު ހުޅުމާލޭގައި

ވޯލްޑް ކޮންގްރެސްގައި ދިރާގަށް އޫކްލާގެ 3 އެވޯޑެއް

ދިރާގު ކަސްޓަމަރުންނަށް ޔޫއޭއީ އާއި ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަމަޖައްސައިފި

ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑު ދިރާގަށް ލިބިއްޖެ