ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޯޓު ގުނަން ފަށައި، ބައެއް ފޮށިތަކުގެ ނަތީޖާ އިޢުލާންކުރަން ފަށައިފި

HFD8T1BagAAgzAM
TTH_Ads
STO_Ads
Maldivian_Ads
Advertisement

މިއަދު ކުރިއަށް ދިޔަ އިންތިޚާބުގެ ވޯޓުު ގުނަން ފަށައިފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ 3 އިންތިޚާބުގެވޯޓުލުން ކުރިއަށްގެންދިޔައީ ހެނދުނު 8އިން ހަވީރު 5 ޖެހުމާއި ހަމައަށެވެ. އަދި އޭގެ 30 މިނެޓު ފަހުން ވަނީ ވޯޓު ގުނަން ފަށާފައެވެ.  އަދި ބައެއް ފޮށިތަކުގެ ނަތީޖާވެސް މިހާރު ވަނީ އިއުލާން ކުރަން ފަށާފައެވެ.

މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 588 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މީގެ ތެރެއިން މާލެ ސަރަޙައްދުގައި އެކަނި 240 ވޯޓުފޮށި ބަހައްޓާފައިވާއިރު އަތޮޅުތަކުގައި 322 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އަދި ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި، ޖަލުތަކުގައި 5 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

HajjCop_ads
Advertisement

މިއަދު ހަވީރު 5:00 ޖެހުމާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިޔައިރު، މިހާރު ގިނަ ފޮށިތައް ވަނީ ބަންދުކޮށްފައެވެ. އަދި ބަންދުކުރިތާ 30 މިނެޓް ވުމުން ބައެއް ފޮށިތަކުގެ ވޯޓު ގުނުންވެސް ވަނީ ފަށާފައެވެ.

ނަމަވެސް އަދިވެސް ބައެއް ފޮށިތަކުގެ ވޯޓުލުން ނުނިމޭކަމަށް މައުލޫމާތު ލިބެއެވެ. އެއީ އެ ފޮށިތަކުގެ ކިޔު ބަންދުވިއިރު ގިނަ ބަޔަކު ވޯޓުލާން ގޮސް ތިބުމުގެ ސަބަބުންނެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 294،876 މީހުންނަށް ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި ހަވީރު 4:00 ޖެހުމާ ހަމައަށް %60 އަށްވުރެ ގިނަ މީހުން ވަނީ ވޯޓުލާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

high court

ކައުންސިލް އިންތިޚާބާ ގުޅޭ 2 މައްސަލައެއް ހައިކޯޓުން ބަލައި ނުގަތް

PNC

ދާއިމީ ނަތީޖާ: އެއްމެގިނަ ގޮނޑި ޕީއެންސީއަށް، 584 ގޮނޑި

Big tkaqua9heab6zthfms1rjk8sd

ދ. މީދޫ ކައުންސިލްގެ ރައީސްގެ ވޯޓުގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

election commission

އިލެކްޝަންސް ކޮމިޝަންގެ އިލްތިމާސް: ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް ނިކުމޭ!