ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިލެކްޝަންސް ކޮމިޝަންގެ އިލްތިމާސް: ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް ނިކުމޭ!

election commission
TTH_Ads
Maldivian_Ads
STO_Ads
Advertisement

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ދެވަނަ ބުރުގެ  ވޯޓުލުމުގައި ވީހާވެސް އަވަހަށް ނުކުމެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު އިލްތިމާސްކުރައްވައިފިއެވެ.

މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުތަކުގައި ނަތީޖާ އެއްވަރުވީ 5 ދާއިރާއެއްގެ އެކި މަޤާމުތަކަށް މީހުން އިންތިޚާބުކުރުމަށް އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8 ޖެހިއިރުގައެވެ. މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި މިބުރުގައި ވޯޓުލުމަށް 14 ވޯޓު ފޮއްޓެއްވަނީ ބަހައްޓާފައެވެ. ވޯޓުގެ ކަންކަމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ މިމަހުގެ 4 ވަނަ ދުވަހު ބޭއްވި 3 އިންތިޚާބުގައި ވޯޓުލުމަށް ހޭދަވި ވަގުތާ އަޅާ ބަލާއިރު، މިއަދުގެ ވޯޓުލުމަށް ހޭދަވާ ވަގުތު ކުޑަކަމަށެވެ. އެގޮތުން ވޯޓުލާ މަރުކަޒަށްވަދެ ވޯޓު ކަރުދާސްކޮޅުގައި ފާހަގަޖެހުމާއި ވޯޓުފޮއްޓަށް އެޅުމަށްފަހު ނުކުތުމާއި ދެމެދު ހޭދަވަނީ އެވްރެޖްކޮށް 1 މިނިޓުކަމަށެވެ. މިކަމުން ހާމަވަނީ މިފަހަރުގެ އިންތިޚާބުގެ އިންތިޒާމުތައްވެސް ރަނގަޅުކަންކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

އިންތިޚާބުގެ އިތުރުބުރުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8އިން ހަވީރު 4 ޖެހުމާހަމައަށެވެ. 5 ދާއިރާއެއްގެ އިތުރުބުރުގައި ވޯޓުލުން ކުރިއަށްދާއިރު މިދާއިރާތަކުން 6093 މީހުންނަށް ވޯޓުލުމުގެ ޙައްގުވަނީ ލިބިފައެވެ.

HajjCop_ads
Advertisement

 

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 870x 6a67778e1fa79

ސިޔާސީ ޕާޓީތަކުގެ މާލިއްޔަތު ބެލެހެއްޓުމުގެ ހާއްސަ އުސޫލެއް އެކުލަވާލަނީ

Original

އީފާސް ނިޒާމުން ޕާޓީތަކަށް ނޭނގި މީހުން ވެއްދުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: އީސީ

Election commission

ޕާޓީތަކުގެ އޮޑިޓް ރިޕޯޓް އަދާލަތާއި އެމްއެންޕީން ހުށަނާޅާ: އިލެކްޝަންސް

election

ބައި-އިލެކްޝަން: ކިޔުތައް ބަންދުކޮށްފި