ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދާއިމީ ނަތީޖާ: އެއްމެގިނަ ގޮނޑި ޕީއެންސީއަށް، 584 ގޮނޑި

PNC
STO_Ads

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ޕީއެންސީން 584 ގޮނޑި އަދި އެމްޑީޕީން 563 ގޮނޑި ކާމިޔާބުކޮށްފައިވާކަމަށް ރަސްމީ ނަތީޖާއިން ދައްކައިފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގެ ދެބުރު ވަނީ ބާއްވާފައެވެ. ދެ ބުރުގެ ވޯޓުލުން ނިމި ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އާންމުކުުރައްވާފައެވެ.

މި ނަތީޖާއިން ދައްކާގޮތުގައި ކުރިއަށް އޮތް ދައުރަށް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮމިޓީތަކުގެ ގޮނޑިތަކަށް އެންމެ ގިނަ އަދަދަކަށް މެންބަރުން އިންތިޚާބުވެފައިވަނީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީންނެވެ. އެގޮތުން، މި އިންތިޚާބުގައި އިންތިޚާބުވި 1،351 މެންބަރުންގެ ތެރެއިން 584 މެންބަރުންނަކީ ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް، އިންތިޚާބުވި މެންބަރުންނެވެ.

Maldivian_Ads

ދެވަނައަށް އެންމެ ގިނަ މެންބަރުން އިންތިޚާބުވެފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެ ޕާޓީން 563 މެންބަރުން އިންތިޚާބުވެފައިވާއިރު އަމިއްލަގޮތުން ވާދަކުރެއްވި 169 ކެންޑިޑޭޓުން ވަނީ ގޮނޑިތައް ކާމިޔާބުކޮށްފައެވެ.

ޕީއެންސީން ކާމިޔާބު ކުރި ގޮނޑިތަކުގެ އަދަދު:
• ސިޓީ ކައުންސިލް މެންބަރުން: 5 ގޮނޑި
• ރަށު ކައުންސިލް ރައީސް: 75 ގޮނޑި
• ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި: 101 ގޮނޑި
• ރަށު ކައުންސިލް މެންބަރު: 99 ގޮނޑި
• ސިޓީ އ.ތ.މ.ކ ގެ މެންބަރު: 4 ގޮނޑި
• ރަށު އ.ތ.މ.ކ ގެ ރައީސް: 84 ގޮނޑި
• ރަށު އ.ތ.މ.ކ ގެ މެންބަރު: 216 ގޮނޑި

އެމްޑީޕީން ކާމިޔާބު ކުރި ގޮނޑިތަކުގެ އަދަދު:
• މޭޔަރ: 5 ގޮނޑި
• ސިޓީ ކައުންސިލް މެންބަރުން: 41 ގޮނޑި
• ރަށު ކައުންސިލް ރައީސް: 73 ގޮނޑި
• ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި: 88 ގޮނޑި
• ރަށު ކައުންސިލް މެންބަރު: 82 ގޮނޑި
• ސިޓީ އ.ތ.މ.ކ ގެ ރައީސް: 5 ގޮނޑި
• ސިޓީ އ.ތ.މ.ކ ގެ މެންބަރު: 42 ގޮނޑި
• ރަށު އ.ތ.މ.ކ ގެ ރައީސް: 60 ގޮނޑި
• ރަށު އ.ތ.މ.ކ ގެ މެންބަރު: 167 ގޮނޑި

އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ކާމިޔާބު ކުރި ގޮނޑިތައް
• ސިޓީ ކައުންސިލް މެންބަރުން: 1 ގޮނޑި
• ރަށު ކައުންސިލް ރައީސް: 24 ގޮނޑި
• ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި: 30 ގޮނޑި
• ރަށު ކައުންސިލް މެންބަރު: 36 ގޮނޑި
• ސިޓީ އ.ތ.މ.ކ ގެ މެންބަރު: 1 ގޮނޑި
• ރަށު އ.ތ.މ.ކ ގެ ރައީސް: 26 ގޮނޑި
• ރަށު އ.ތ.މ.ކ ގެ މެންބަރު: 51 ގޮނޑި

އެހެނިހެން ޕާޓީތަކުން ކާމިޔާބު ކުރި ގޮނޑިތަކުގެ އަދަދު:
• އެމްޑީއޭ: 23 ގޮނޑި
• އަދާލަތު ޕާޓީ: 6 ގޮނޑި
• ޖުމްހޫރީ ޕާޓީ: 4 ގޮނޑި
• ދަ ޑިމޮކްރެޓްސް: 2 ގޮނޑި

މި އިންތިޚާބުގައި އެކި ދާއިރާތަކަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުން އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން ވަނީ ނިންމަވާފައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big tkaqua9heab6zthfms1rjk8sd

ދ. މީދޫ ކައުންސިލްގެ ރައީސްގެ ވޯޓުގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

election commission

އިލެކްޝަންސް ކޮމިޝަންގެ އިލްތިމާސް: ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް ނިކުމޭ!

election

ލޯކަލް ކައުންސިލު އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށް

DSC 9384 2048x1365 (1)

އެންމެ ގިނަ ގޮނޑި ޕީއެންސީއަށް: ޕީއެންސީއަށް 581 ގޮނޑި، އެމްޑީޕީއަށް 562 ގޮނޑި