ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްބިއުލާންސްގައި މައްޔިތުން އުފުލާ ނަމަ، އާސަންދަ ލިބޭނެ ގޮތް ހަދައިފި

TTH_Ads
STO_Ads
Advertisement

އެމްބިއުލާންސްގެ ހިދުމަތްތަކަށް އާސަންދަ ލިބޭނެ ހާލަތްތައް ބަޔާންކޮށް “ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު” އިސްލާހުކޮށްފިއެވެ.

އެ ގަވާއިދު އިސްލާހުކޮށް ގެޒެޓުކޮށްފައިވަނީ މިއަދެވެ.

އެމްބިއުލާންސުގެ ހިދުމަތްތަކައް އާސަންދަ ލިބޭނެ ހާލަތްތައް:
އިމަޖެންސީގައި ނުވަތަ ކުއްލި ހާލަތްތަކުގައި ގެންނަ ފަރާތްތައް
މައްޔިތުން އެންބިއުލާންސްގައި އުފުލުން
އެނދުމަތިކުރެވިފައިވާ (ބެޑްރިޑަން) ފަރާތްތައް އައުޓް ޕޭޝަންޓް ހިދުމަތް ހޯދުމަށް ގެނައުން
ވީލް ޗެއާގައި ގެންގުޅެންޖެހޭ ފަރާތްތައް (ވީލްޗެއާ ބައުންޑް) އައުޓް ޕޭޝަންޓް ހިދުމަތް ހޯދުމަށް ގެންނަ ހާލަތްތަކުގައްޔާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް (ފިޒިކަލް ޑިސްއެބިލިޓީ، މެންޓަލް ޑިސްއެބިލިޓީ، އޯޓިޒަމް، ޑައުންސިންޑްރޯމް ހުންނަ ފަރާތްތައްވެސް ހިމެނޭހެން) އައުޓް ޕޭޝަންޓް ހިދުމަތް ހޯދުމަށް ގެނައުން
ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި އެނދުމަތިކުރެވިފައިވާ ފަރާތެއް އިތުރު ފަރުވާއަކަށް ނުވަތަ ތަހުލީލަކަށް، ސިއްހީ ހިދުމަތްދޭ އެހެން މަރުކަޒަކަށް ގެންދިއުން
އެނދުމަތިކޮށްފައިވާ ބަލިމީހާ، އާސަންދަ ސްކީމް މެދުވެރިކޮށް އިވެކުއޭޓްކުރެވޭ ހާލަތްތަކުގައި ނުވަތަ ރާއްޖެއިން ބޭރަށް އިތުރުފަރުވާއަށް ރިފާކުރެވޭ ހާލަތްތަކުގައި، ބަލިމީހާ ޖެޓީއަށް ނުވަތަ އެއާޕޯޓަށް ގެންދިއުން
ތެލަސީމިއާ ބަލި ތަހައްމަލުކުރާ ފަރާތްތައް އައުޓް ޕޭޝަންޓް ހިދުމަތް ހޯދުމަށް ގެނައުން
މި އިސްލާހަށް އަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.

HajjCop_ads
Advertisement

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

asanda zeeniya

އާސަންދައިގެ ކައުންޓަރުތައް އިތުރު 8 ރަށެއްގައި ގާއިމްކޮށްފި

8u

އަމްރީތާ ހޮސްޕިޓަލަށް އާސަންދައިގެ ދަށުން އާ ބަލިމީހުން ފޮނުވުން ވަގުތީގޮތުން މެދުކަނޑާލައިފި

Images (5)

އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަމްރީތާއަށް ބަލިމީހުން ފޮނުވުން މެދުކަނޑާލައިފި

asanda zeeniya

އާސަންދައިގެ ޚިދުމަތްތައް ޑިޖިޓަލައިޒްވުމުން މިހާރަށްވުރެ އަވަސްވާނެ: ޒީނިޔާ