ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަކަރާއި ހީލަތުން ފައިސާ ހޯދި ތިން މީހަކު ހައްޔަރުކޮށްފި

Iu
STO_Ads
Maldivian_Ads
TTH_Ads
Advertisement

އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދި ތިން މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލަތަކުގައި ހައްޔަރުކޮށްފައި ވަނީ ގދ. ހޯނޑެއްދޫ، ފެހިވިނަމާގެ، އަޒުހީމް ސަޢީދު (36އ) އާއި ޏ. ފުވައްމުލައް، ދޫޑިގަން.ގޯލްޑަންގޭޓް، ޢަލީ ޝަފާޒު (31އ) އާއި ސ. ހިތަދޫ، ކުޅިބަލާގެ، މުޙައްމަދު ޖުނައިދު (47އ) ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އަޒުހީމް ސަޢީދު ހައްޔަރުކުރީ ސޯޝަލް މީޑިއާ ހެކްކޮށް، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައިގެން މީހެއްގެ އަތުން 3،500 ރުފިޔާ ހޯދި މައްސަލައެއްގައި، މި މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. ޢަލީ ޝަފާޒު ހައްޔަރުކުރީ ވެސް ހަމަ އެ ބާވަތުގެ މައްސަލައެއްގައި، މީހެއްގެ އަތުން 4،500 ރުފިޔާ ހޯދައިގެން ކަމަށާއި، އޭނާ ހައްޔަރުކުރީ މި މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.

HajjCop_ads
Advertisement

މުޙައްމަދު ޖުނައިދު ހައްޔަރުކުރީ ޑޮލަރު ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން 29،987 ރުފިޔާ ހޯދި މައްސަލައެއްގައި، މި މަހުގެ 20 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

މި ތިން މީހުން ވެސް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

އެމްޕީއެލްއަށް ބޮޑު އަގުގައި އޭސީ ގަތް މައްސަލައެއްގައި ޖުނައިދަށް ދައުވާކުރަން ފޮނުވަނީ

Hiyaa

ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ހައްޔަރުކޮށްފި

471601 6fc0382f 2

ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިޔަން ޑޮލަރު ދައްކައި ޚަލާސްކޮށްފި

472812 55af6ac5 d

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި