ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޖީނުގެތަކަށް ހަމަލާދިނުން ފަސްކޮށްދޭން އީރާނުން ނޭދޭކަމަށް ރިޕޯޓްތައް ފެތުރޭން ފަށައިފި

އީރާނުގެ ނަޓާންޒް ނިއުކްލިއަރ ފެސިލިޓީގެ މައި ދޮރާށްޓަށް ބޮންއަޅައި ގޮއްވާލާފައި:
TTH_Ads
STO_Ads
Advertisement

އީރާނުގެ އިންޖީނުގެތަކަށް ހަމަލާދިނުން ފަސްކޮށްދޭން އީރާނުން ނޭދޭ ކަމަށް ރިޕޯޓްތައް ފެތުރޭން ފަށައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ، އީރާނާއި އެމެރިކާއާ ދެމެދު “މެސެޖުތައް” ބަދަލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކާ ހަވާލާދީ އެމެރިކާގެ ވޯލް ސްޓްރީޓް ޖާރނަލްއިންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، އީރާނާއެކު ވާހަކަތައް ކުރިއަށްދާތީއާއި، އީރާނުން އެދިގެން އިތުރު 10 ދުވަހުގެ މުހުލަތު މިހާރު ދީފައިވާނޭ ކަމަށެވެ. އޭގެމުއްދަތު ހަމަވާނީ އޭޕްރީލްމަހުގެ 6 އަށެވެ. އީރާނުން އެދުނީ އިތުރު 7 ދުވަސް ދިނުމަށް ކަމަށާއި، ނަމަވެސް އީރާނަށް 10 ދުވަސްދޭން އޭނާ ނިންމީ ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.

HajjCop_ads
MMA_Ads
Advertisement

ހޮރްމޫޒު އެއްކޮށް ހުޅުވާލައި އަދި އެމެރިކާއިން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް އެއްބަސްވުމަކަށް އައުމަށް އެމެރިކާގެ ރައީސް ފުރަތަމަ ދިން 5 ދުވަހުގެ މުހުލަތު މިއަދު ހަމަވާނެއެވެ.

އީރާނަށް އިތުރު 10 ދުވަސް ދިނީ އީރާނުން ވަރަށް ބޮޑަށް އެދިގެން ކަމަށާއި، އެއްބަސްވުމަކަށް ދިއުމަށް އީރާނު ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ޓްރަމްޕް ބުނިއިރު، އީރާނާ މުއާމަލާތްކުރާ މީޑިއޭޓަރުން މިވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

އެމެރިކާއާއި އީރާނާ ދެމެދު މެސެޖުތައް ބަދަލުކުރާ ގައުމުތަކުން ބުނެފައިވަނީ، ހަނގުރާމަ ހުއްޓާލަން އެމެރިކާއިން ހުށަހެޅި 15 ނުކުތާގެ ޕްލޭނަށްވެސް އީރާނުން އަދި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

އީރާނުގެ އިސް އޮފިޝަލުން ވިދާޅުވެފައިވަނީ، ވާހަކަ ދައްކަން އީރާނު ޝައުގުވެރިވާ ކަމަށާއި، ނަމަވެސް އީރާނުގެ ވެރިން އެކަމަށް ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

އެމެރިކާއިން ހުށަހަޅާފައިވާ ބައެއް ކަންކަމަކީ އީރާނު ވާހަކަ ދައްކަންވެސް އެއްބަސްވާ ކަންކަމެއް ނޫނެވެ. އޭގެ ތެރޭގައި އީރާނުގެ މިސައިލް ޕްރޮގްރާމް ލިމިޓްކުރުމާއި، ޔޫރޭނިއަމް ފައްކާކުރުން ދާއިމަށް ހުއްޓާލުމުގެ ނުކުތާތައް ހިމެނެއެވެ.

ހަމަލާތައް ހުއްޓާލަން އީރާނުން ހުށަހަޅާފައިވަނީ އެންމެ 5 ނުކުތާއެވެ. އޭގެތެރޭގައި ހިމެނޭ، ހަނގުރާމައިގައި އީރާނަށް ލިބުނު ގެއްލުންތަކުގެ ބަދަލުދިނުމާއި، އެމެރިކާގެ އަސްކަރީ ހުރިހާ ބޭސްތައް ސަރަހައްދުން ގެންދިއުމުގެ ނުކުތާތާކީ އެމެރިކާ އެއްބަސްވާނޭ ކަންކަމެއް ނޫނެވެ.

އެމެރިކާއާއި އީރާނުން ހުށަހަޅާ ބައެއް ނުކުތާތަކަށް ދެފަރާތުންވެސް އެއްބަސް ނުވާނެކަން ކަށަވަރު ވާތީ، ދެފަރާތުގެ ދެމެދުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް، މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމުތަކުން ބުނެއެވެ.

އެމެރިކާއާއި އީރާނު އެއްމޭޒު ދޮށަށް ގެނެވޭތޯ އިސްވެ މަސައްކަތް ކުރަމުން ގެންދަނީ ޕާކިސްތާ، ތުރުކީ އަދި މިސްރެވެ. ސީދާ ވާހަކަތައް ބާއްވަން މަސައްކަތް ކުރަމުން ގެންދާއިރު، ވާހަކަތައް އޮންނާނެ ކަމަށް ބޮޑަށް ބެލެވިފައިވަނީ ޕާކިސްތާނުގައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި، އީރާނުގެ ރައްދު އަންނާނެގޮތެއް އަދި ނޭނގޭ

ބިންހެލުންތަކުގައި ވެނެޒުއެލާއިން މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު

އީރާނުގެ ރައީސާއި ޕާކިސްތާނުގެ ބޮޑުވަޒީރު ބައްދަލުކުރައްވައިފި، އީރާނުގެ ރައީސަށް ޕާކިސްތާނުން ތާރީޚީ ހޫނު މަރްހަބާއެއް