ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާއާއި އިސްރާއީލުގެ ހުށަހެޅުންތައް: އީރާނުން އަންގަނީ މަގްސަދު ހާސިލްނުވަނީސް ހަމަލާތައް ހުއްޓާނުލާނޭ ކަމަށް

އީރާނުގެ މިސައިލް ހަމަލާއެއް އިސްރާއީލަށް އަމާޒުވެފައި:
STO_Ads
TTH_Ads
Advertisement

ހަނގުރާމަ ހުއްޓާލަން އެމެރިކާއާއި އިސްރާއީލުން ޕާކިސްތާނު މެދުވެރިކޮށް އީރާނަށް ހުށަހެޅި ޕްލޭންގައި ހިމެނޭ ކަންކަން މީޑިއާއިން ހާމަކުރަމުން އެބަ ގެންދެއެވެ.

އެމެރިކާއިން މައިގަނޑުގޮތެއްގައި އީރާނަށް ހުށަހަޅާފައިވަނީ ދެ ކަމެކެވެ. އެއްކަމަކީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް މުޅިން ރޫޅާލައި ނައްތާލުމެވެ. ދެވަނަ ކަމަކީ، ހޮރްމޫޒު ކަނޑުއޮޅީގެ ކޮންޓްރޯލް އެމެރިކާއަށް ދިނުމެވެ.

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއާއި އިސްރާއީލުން އީރާނަށް ޕްލޭނެއް ހުށަހެޅިއިރު، އެމެރިކާއާއި އިސްރާއީލުން ގެންދަނީ ހުއްޓާނުލާ އީރާނަށް ބޮން އަޅަމުންނެވެ.

HajjCop_ads
Advertisement

އެމެރިކާއާއި އިސްރާއީލުން ހަނގުރާމަ ހުއްޓާލަން އީރާނަށް ޝަރުތުތަކެއް ކުރިމަތި ކުރިއިރު، ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތަކެއް ކުރިއަށްދާ ކަމެއް އެއްވެސް ވަރަކަށް ނުބެލެވެއެވެ.

އީރާނާއެކު ވާހަތައް ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ބުނި ނަމަވެސް، އީރާނުން ގެންދަނީ އެ ވާހަކަތައް ދޮގު ކުރަމުންނެވެ. ޓްރަމްޕް ފަތުރަމުންދާ ވާހަކަތަކަކީ ތެލުގެ އަގުތައް މައްޗަށްދާތީ އެކަން ހުއްޓުވަން ދައްކާ ވާހަކަތަކެއް ކަމަށްވެސް އީރާނުން ބުނެއެވެ.

އެކަމަކު، ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ  ޕާކިސްތާން، މިސްރު އަދި ތުރުކީން ގަދައަޅައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެނގިފައި ވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި އެމެރިކާއާއި އީރާނުގެ އޮފިޝަލުން އިސްލާމްއާބާދުގައި ވަރަށް އަވަހަށް ބައްދަލުކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

އީރާނުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ވިދާޅުވީ، ސީދާކޮށްވެސް އަދި ނުދީސާކޮށްވެސް އެމެރިކާއާއި އީރާނާ ދެމެދު އެއްވެސް މަޝްވަރާއެއް ނުކުރެވޭ ކަމަށެވެ. އެކަމަކު، އެކުވެރި ގައުމުތަކުން ދެފަރާތާ ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ.

ތުރުކީގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، އެމެރިކާއާއި އީރާނާ ދެމެދު މެސެޖްތައް ބަދަލުކުރުމަށް އެގައުމުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އީރާނު ސަރުކާރުން ރަސްމީކޮށް ބުނެފައިވަނީ، އެމެރިކާއާ އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށާއި، އީރާނުން އެމެރިކާއަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރާ ކަމަށެވެ.

އީރާނު ސަރުކާރަށް ނިސްބަތްވާ ފާރސް ނޫސް އޭޖެންސީން ބުނެފައިވަނީ، އީރާނުން ކަނޑައަޅާފައިވާ މަގްސަދުތައް ފުރިހަމަ ނުވަނީސް އީރާނުން ހަމަލާތައް ހުއްޓާނުލާނޭ ކަމަށެވެ.

ހަމަ އެއާއެކު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުމަށް އީރާނަށް ޝަރުތުތައް ހުށަހެޅުމުގެ އެއްވެސް ހަސިއްޔަތެއް ޓްރަމްޕަށް ނެތްކަމަށް ޕާކިސްތާނު މެދުވެރިކޮށް އީރާނުން ޓްރަމްޕަށް މެސެޖް ރައްދުކޮށްފައިވާ ކަމަށް، އީރާނު މީޑިއާއިން ބުނެފައި ވެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ގަރާރަށް ތާއީދުކުރާ ސަރަހައްދުގެ ގައުމުތަކަށް ހޮރްމޫޒު ދާއިމަށް ބަންދުވެދާނެ: އީރާން

އީރާނުން ހަމަލާދޭތީ ކަމަށް ބުނެ ޔޫއޭއީގެ އެއަރ ޑިފެންސް ނިޒާމުތައް އެކްޓިވޭޓްކޮށްފައި

އީރާނުގެ ޖަވާބު މިއަދު ދޭނެ، ބުނަނީ ވާހަކަތަކުން ނަތީޖާއެއް ނުކުންނާނީ އެމެރިކާ އިޚްލާސްތެރިވެގެން ކަމަށް

އެއްވެސް ކުރިއެރުމެއް ނުލިބިގެން، ހޮރްމޫޒު ހުޅުވަން އެމެރިކާ ސިފައިން ފެށި އޮޕަރޭޝަން މަޑުޖައްސާލައިފި